ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިންޓެގްރިޓީ ކޮމިޝަނަށް އައްޔަންކުރަން ހަތަރު މެންބަރުންގެ ނަން މަޖިލީހުން ފާސްކޮށްފި

majilis

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެންއައިސީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ބޭފުޅުންނަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރުހުންދީފަ އެވެ.

މަގާމުތަކަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައި ވަނީ:

ފާތިމަތު ޝަރީފް، ގދ. ތިނަދޫ މާކޯޅި
ޝިފާޒް އަލީ، ދަފްތަރު ނަމްބަރު 1854
އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު 1851
ޝުއައިބު އަބްދުއްރަހްމާން، ދަފްތަރު ނަމްބަރު 1188
މީގެ ތެރެއިން ޝުއައިބު އަބްދުއްރަހްމާންއަކީ އެންއައިސީގެ މިހާރުގެ ވެސް މެންބަރެކެވެ.

އެންއައިސީއަށް މެމްބަރުން އަައްޔަންކުރަން ނިންމީ އެ ކޮމިޝަންގެ ހަތަރު މެމްބަރެއްގެ ދައުރު މި މަހު 26 ގައި ހަމަވާތީ އެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ދެން ހިމެނެނީ މަރިޔަމް އިންޝާ ފައިސަލް އެވެ. އެ ކޮމިޝަނަށް އޭނާ އައްޔަންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި