ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކަސްޓަމްސްއިން އެހީތެރިކަން ފޯރުކޮށްދީފި

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމްސް އިން ހަރަކާތްތަކެއް ހިންގައިފިއެވެ.

މި ހަރަކާތް ހިންގުނީ ކަސްޓަމްސްގެ 135 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި ‘ކަސްޓަމްސް-މުޖުތަމަޢުގެ ބައިވެރިއެއް’ ޝިޔާރުގެ ދަށުން ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މި ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ރަށުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އަލްފާޟިލް ހުސައިން ރިޒާ އާދަމްއެވެ.

މިހަފްލާގައި، ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ފޯރުކޮށްދިން އެހީ އެ މަރުކަޒާ ހަވާލުކޮށް، މަރުކަޒުގައި ތިބޭ ފަރާތްތަކަށް ހާއްސަ ހަދިޔާއެއް ވަނީ ހަވާލުކޮށްފައެވެ.

މި ހަރަކާތުގެ ތެރެއިން އެ މަރުކަޒުގެ އާބާތުރަ ފިލުވުމުގެ ގޮތުން ބައެއް އުމްރާނީ މަސައްކަތްތައް ކުރުމާއި، ތަކެތި ހަދިޔާކުރުން ވެސް ކުރިއަށް ގެންދިޔަ ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މަރުކަޒުގައި ހިންގުނު ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް އެ ހަފްލާގައި ހަނދާނީ ފިލައެއް ވެސް ދީފައިވާކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 11 25 at 16.23.39

ކ. ގުރައިދޫ ގައި ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލު ކުރަނީ

ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، ފަތުހުﷲ ސަސްޕެންޑްކޮށްފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފުރަތަމަ ދަތުރު ގުރައިދުއަށް

112

ކ. ގުރައިދޫގައި 100 ރުއް އިންދައިދޭނެ ބަޔަކު ހޯދަނީ

TTH_advertisement