ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޝަރްމުއްޝައިޚްގައި ހިނގި ހިތާމަވެރި ކާރު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދް އަލް ޘާނީއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މި އެކްސިޑެންޓުގައި ޤަތަރު ސަރުކާރުގެ ތިންއޮފިޝަލުން ވަނީ ނިޔާވެފައެވެ. އަދި އިތުރު ދެމީހުންނަށް ވަނީ އަނިޔާވެފައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ނިންމުމަށް މާދަމާ ބާއްވާ ބައިނަލްއަޤްވާމީ ސަމިޓަށް ތައްޔާރުވަމުންދާ އަމީރީ ދިވާންގެ އޮފިޝަލުންތަކެކެވެ. އެ ބޭފުޅުން ނިޔާވި ހާދިސާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ފުންހިތާމަ ފާޅުކުރައްވާފައެވެ.

ރައީސް ފޮނުއްވެވި މެސެޖުގައި އެމަނިކުފާނު ވަނީ ޤަތަރު ސަރުކާރާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ދިވެހި ރައްޔިތުން ތިބީ، މި ހާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން އެމަނިކުފާނު ހާމަކުރައްވާފައެވެ.

މީގެ އިތުރުން ނިޔާވި އޮފިޝަލުންގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުޢާކުރައްވާ ކަމަށާއި، ހާދިސާގައި ޒަޚަމްވީ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް ރައީސް އެދިވަޑަައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް