ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ވޯލްޑް ޒަކާތު އެންޑް ވަޤްފު ފޯރަމްގައި ބައިވެރިވުމަށް ޒަކާތު ހައުސްގެ ވަފުދެއް މެލޭޝިޔާއަށް ފުރައިފި

މެލޭޝިއާގެ ކުޗިންގ ސަރަވަކްގައި ކުރިއަށްދާ ވޯލްޑް ޒަކާތު އެންޑް ވަޤްފުގެ 14 ވަނަ ފޯރަމްގައި ބައިވެރިވުމަށް ޒަކާތު ހައުސްގެ ވަފުދެއް މެލޭޝިޔާއަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި، މި މަހުގެ 13 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ ވޯލްޑް ޒަކާތު އެންޑް ވަޤްފް ފޯރަމްގެ އަހަރީ ބައްދަލުވުމާއި ބައިނަލްއަޤްވާމީ ކޮންފަރެންސްގައި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލް އިއްޒައްދީން ޢަދުނާން އަދި ފަންޑު މެނޭޖަރ، އަލްފާޟިލް ޢަބްދުﷲ ޢަލީ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ބައިނަލްއަޤްވާމީ މި އިވެންޓަކީ ސަރަވަކް އިސްލާމިކް ކައުންސިލް (މަޖްލިސް އިސްލާމް ސަރަވަކް) ގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވޭ ޙަރަކާތެކެވެ. މި އަހަރުގެ ފޯރަމް މި ދިމާވަނީ މެލޭޝިއާގެ އާސިއާން ޗެއަރމަންޝިޕްގެ ދުވަސްވަރާއެވެ. މި އަހަރުގެ ވޯލްޑް ޒާކާތު ފޯރަމްގެ ތީމަކީ “ނިއު ގްލޯބަލް ޒަކާތު އެންޑް ވަޤްފު އޯޑަރ” އެވެ. މިއީ ދުނިޔޭގެ އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އަދި ދެމެހެއްޓެނިވި، އެކުލެވޭ ތަރައްޤީ ކުރިއެރުވުމުގައި ޒަކާތާއި ވަޤްފުގެ އިތުރުވަމުންދާ މުހިންމުކަން ފާހަގަކޮށްދޭ ތީމެކެވެ.

ވޯލްޑް ޒަކާތު އެންޑް ވަޤްފު ފޯރަމް ބާއްވާތާ 14 އަހަރުވުމަށް ގާތްވެފައިވާއިރު، މި ފޯރަމް ވަނީ އިސްލާމީ، އިޖްތިމާޢީ، އަދި މާލީ ދާއިރާގައި މަޝްވަރާކުރުމާއި، އައު ގޮތްތައް ހޯދުމާއި، އިސްތިރާޖީ އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭ މުހިންމު ބައިނަލްއަޤްވާމީ މަންސައަކަށް ވެފައެވެ. މި ފޯރަމްގައި ސަރުކާރުތަކުގެ އިސްވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ޢިލްމުވެރިންނާއި އަދި މި ދާއިރާގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، ޚިޔާލު ހިއްސާކޮށް، މުޖުތަމަޢުތައް ބާރުވެރިކުރުވުމަށާއި އެންމެންގެ ފާގަތިކަން އިތުރުކުރުމަށް އަމާޒުކޮށް، ގުޅިގެން ސްޓްރެޓެޖީތައް އެކުލަވާލައެވެ.

ބައިނަލްއަޤްވާމީ ބައްދަލުވުމުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ބައިވެރިވުމަކީ މުއައްސަސާގެ ފެންވަރު މަތިކުރުމަށާއި، ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތައް ގެންގުޅުމަށާއި، ދިވެހިރާއްޖޭގައި ޒަކާތާއި ވަޤްފު ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެކެވެ. މިފަދަ ބައިވެރިވުންތަކުގެ ތެރެއިން، މޯލްޑިވްސް ޒަކާތު ހައުސްއިން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އިޖްތިމާޢީ ޢަދުލު އިންސާފު ޤާއިމުކުރުމާއި، ފަޤީރުކަން ނައްތާލުމާއި، މުޖުތަމަޢުގެ ލާބައާއި މަންފާ އިތުރުކުރުމުގެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރެއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަކީ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޒަކާތުގެ ފައިސާ ބެލެހެއްޓުމާއި ބެހުމުގެ ޒިންމާ ހަވާލުކުރެވިފައިވާ ޤައުމީ މުއައްސަސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ޒަކާތް އަސްނާފު ކާޑު” އިފްތިތާޙުކޮށްފި

ޒަކާތުގެ ޤާނޫނުގެ ދަށުން ކޮމިޓީ އުފައްދަވައި މެންބަރުން އައްޔަނުކުރައްވައިފި

މުޅި ރާއްޖޭގައި ޒަކާތުގެ ގޮތުގައި ލިބޭ ނަގުދު ފައިސާގެ ޢަދަދު ވަގުތުން ބެލޭނެ ނިޒާމެއް ޤާއިމުކޮށްފި

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލަކަށް އިމްތިޠާއު

TTH_advertisement