ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

އެމްއެސްއެމްއީ އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިތުރު ކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އެވޯޑު “އެމްއެސްއެމްއީ އެވޯޑްސް 2025″ އަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިއަދު ހަވީރު 2:00 އަށް އިތުރުކޮށްފިއެވެ.

ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ން އިގްތިސާދީ ތަރައްގީއާ ވިޔަފާރީގެ ވުޒާރާއާ ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަށް ފޯމު ހުށަހެޅުމުގެ މުއްދަތު ކުރިން އިތުރުކުރީ އޮކްޓޯބަރު 9 ވަނަ ދުވަހުގެ ރޭ 23:59 އަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައިވަނީ މިއަދުގެ ހަވީރު 2:00 އަށެވެ.

މި އެވޯޑަކީ ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރުދިނުމަށް ހަރުއަހަރު ބީސީސީން ދޫކުރާ ހާއްސަ އެވޯޑެކެވެ. ފަނޑިޔާރުން ހޮވާ 13 ގިންތިއަކާއި، އާންމުންގެ މަގުބޫލުކަމާއެކު ހޮވާ 11 ގިންތިއަކަށް ފޯމު ހުށަހެޅޭނެއެވެ. ފޯމު ހުށަހެޅެވެނީ ބީސީސީގެ އޮންލައިން ޕޯޓަލް https://msme.bcc.mv މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްއެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑަށް ފޯމް ހުށައަޅަން ހުޅުވާލައިފި

TTH_advertisement