ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު ދިވެހިރާއްޖެއަށް

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ ސަރަޙައްދުގެ ރިޔާސަތު ކުރިއަށް އޮތް ތިން އަހަރުގެ ދައުރަށް ރާއްޖެ ހޮވުނު ކަމަށް ރައްޔިތުންގެ މަޖިލީހުން ހާމަކުރައްވައިފިއެވެ. ބާބަޑޯސްގައި މިއަދު ބޭއްވި ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި މި ނިންމުން ނިންމީއެވެ.

ރާއްޖޭގެ ފަރާތުން މި މަސްއޫލިއްޔަތު އަދާކުރައްވާނީ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ. މި ދައުރު ނިމޭނީ 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައި ކަމަށް މަޖިލީހުން ބުންޏެވެ.

މަޖިލީހުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް މި މަގާމު ލިބުމަކީ ކޮމަންވެލްތުގެ ޕާލިމެންޓަރީ މުޖުތަމަޢުގައި ރާއްޖެ އަދާކުރަމުންދާ ހަރުދަނާ ދައުރުގެ އަދި އޭޝިއާ ސަރަޙައްދުގައި ސީޕީއޭގެ މަޤްޞަދުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ހެކިއެކެވެ.

ސްރީލަންކާގެ ދައުރު ނިމުމާ ގުޅިގެން މި މަގާމު ރާއްޖެއަށް ލިބިފައިވާއިރު، ސީޕީއޭގެ ހިންގާ ގަވާއިދުގެ ދަށުން މި ދައުރުގެ ޗެއާކަން ލިބެން އޮތީ ބަންގްލަދޭޝަށެވެ. ނަމަވެސް މި ވަގުތު އެ ޤައުމުގައި އިންތިޚާބުކޮށްފައިވާ ޕާލިމެންޓެއް ނެތުމުން އެ މަޤާމު އަދާކުރުމަށް ހުރަސްތައް ކުރިމަތިވުމާ ގުޅިގެން ރާއްޖެ އެ ދައުރަށް އިންތިޚާބުކުރީއެވެ. ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަނަކީ 180 އަށްވުރެ ގިނަ ޕާލިމެންޓުތަކާއި ސަރަޙައްދީ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނޭ، ކޮމަންވެލްތުގެ އެންމެ ހީވާގި އަދި ދުވަސްވީ ޖަމިއްޔާތަކުގެ ތެރެއިން ޖަމިއްޔާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި