ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުހައްގުން ބަދަލުދިން ކަމުގެ ތުހުމަތުގައި ފައްޔާޒާއި އަމީރު އޭސީސީއަށް ހާޒިރުވާން އަންގައިފި

Ameeeee

ނުހައްގުން ބަދަލުދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އަންގައިފިއެވެ.

އެ ދެ ބޭފުޅުން ހާޒިރުކުރަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ދިނުމަށް އޮލްޓަނޭޓް ޑިސްޕިއުޓް ރެސޮލިއުޝަން ކޮމިޓީން 2019 ވަނަ އަހަރު ނިންމި ނިންމުމާ ގުޅިގެން ކަމަށް އޭސީސީން ފޮނުވި ޗިޓްގައިވެއެވެ.

އެ ޗިޓްގައިވާގޮތުން އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފައްޔާޒާއި އަމީރަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ސްވިފްޓް ކުންފުންޏަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދީފައިވާ ކަމަށް ތުހުމަތުކުރެވެއެވެ.

އެ ދެ ބޭފުޅުން ވެސް ހާޒިރުކުރަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހްމަދު ސައީދު މުހައްމަދު މިހާރު ވަނީ ކޮރަޕްޝަންގެ ދައުވާ ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އޭސީސީއާއި އެމްއެންޔޫއާ ދެމެދު ފަހުމުނާމާއެއް

Image 20

ރިޝްވަތު ހުށަހަޅައިފިނަމަ، ފައިސާ ނުނަގައި އަވަހަށް ރުޕޯޓްކުރަން އޭސީސީން އެދިއްޖެ

Ii

ފައްޔާޒްކުރީ ބުރަ މަސައްކަތެއް، އެކަންތައް ބަލައިގަންނަން: ސޯލިހު

117

އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒް އިސްތިއުފާދެއްވައިފި