ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑީޕީގެ އެކްޓިވިސްޓް ޝިމަންގެ ފޯނު ހިފަހައްޓައިފި

Mal

ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ފޯނު ހިފަހައްޓައިފިއެވެ.

ޝިމަންގެ ފޯނު ހިފެހެއްޓީ ކްރިމިނަލް ކޯޓުން ރޭ ނެރެފައިވާ ކޯޓް އަމުރެއްގެ ދަށުންނެވެ.

ޝިމަން ހުއްޓުވައި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ދީފައިވާ އަމުރުގައިވާގޮތުން އޭނާގެ ފޯނު ހިފެހެއްޓީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އެކްސްގައި ކޮމެންޓެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށެވެ.

ފޯނުގައި ހުރި ޑޭޓާ ތަހުލީލުކުރުމަށް ފޯނާއި އެޕްލިކޭޝަންތަކަށް އެކްސެސްވުމަށް ބޭނުންވާ ޕާސްވޯޑްތަކާއި ޕެޓާންތައް، އަދި އެކްސެސްވުމަށް ބޭނުންވާ އެ ނޫން ވެސް މައުލޫމާތު ފުލުހުންނަށް ދިނުމަށް އަމުރުކޮށްފައިވެއެވެ.

މީގެއިތުރުން ކަނޑޫދޫ މިރުހުން ފުލުހުންނަށް ހަމަލާދޭނެ ކަމުގެ އިންޒާރުދިން މައްސަލައެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި