ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެ: ބީއެމްއެލް

Whatsapp image 2025 10 09 at 11.45.25

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ މިމަހު ނިމޭނެ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

އދ. މަންދޫގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު ވިދާވީ މި އަހަރުގެ އަށް މަސް ދުވަސްތެރޭ 95 ރަށުގައި އޭޓީއެމްތައް ބަހައްޓާ ނިމިފައިވާކަމަށެވެ. އަދި އޭޓީއެމް ނުބެހެއްޓި ހުރީ 10 ރަށުގައި ކަމަށާއި އެ ރަށްތަކުގައި އޭޓީއެމް ބަހައްޓާ ކުރިއަށް 20 ދުވަސް ތެރޭ ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ބީއެމްއެލް އިން ވަނީ ރާއްޖޭގެ 17 އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމާފަ އެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނުނިމޭ އަތޮޅުތަކަކީ ޅ އަދި ލ އަތޮޅުގެ އިތުން އައްޑޫ އެވެ.

ރާއްޖޭގައި އޭޓީއެމް ބަހައްޓަން ފަށާފައި ވަނީ 2000 ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން ފާއިތުވި 24 އަހަރުތެރޭ މާލެ ފިޔަވައި 81 ރަށުގައި އޭޓީއެމް ވަނީ އޭޓީއެމް ބަހައްޓާފަ އެވެ. އިއްޔު ބަހައްޓާފައިވަނީ ބޭންކުގެ 250 ވަނަ އޭޓީއެމް އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml card

ބީއެމްއެލް ކްރެޑިޓް ކާޑުން ޑޮލަރު ލިބޭ މިންވަރު މިއަދުން ފެށިގެން އިތުރުވަނީ

ބީއެމްއެލްގެ “އެފޯޑަބަލް” 3،000 ފްލެޓް 2028 ވަނަ އަހަރުގެ މެދުތެރޭގައި ހަވާލުކުރަން ފަށާނެ: ޝަރީފު

WhatsApp Image 2026 01 31 at 13.54.42

ބޭންކް އޮފް މޯލްޑިވްސް އިން ކުޑަހުވަދޫގައި އާ ބްރާންޗެއް ހުޅުވައިފި

87

ބޭންކް އޮފް މޯލްޑިވްސް އިން ސްވައިޕްގެ ލިމިޓެޑް ރިލީޒްއަށް ރެޖިސްޓްރޭޝަން ހުޅުވާލައިފި

TTH_advertisement