ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސްއިން ވިޔަފާރިތަކަށް ބަލްކް ޕޭމަންޓް ޚިދުމަތް މިހާރު ލިބޭނެ

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

1234

މާލޭގެ ޕާކިންގް ދަތިކަމަށް ހައްލެއް ހޯދައިދިނުމަށާއި، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ މަޤްސަދުގައި، ފުރުޤާން މިސްކިތް ކުރިމަތީގައި އޮންނަ ހުސްބިމުގައި 150 އަށް ވުރެ ގިނަ ސައިކަލް ޕާކް ކުރެވޭނެ، ޒަމާނީ ޕާކިންގް ސަރަހައްދަކާއި ހިތްފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ، މިދިޔަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މިހާރު ވެސް ބިން ސާފުކޮށް، މަސައްކަތުގެ ތެރެއިން ޖުމްލަ ހަ ކަދުރު ރުށް ވަނީ އެ ސަރަހައްދުގައި އިންދާފައެވެ.

މި މަޝްރޫޢުގެ ދަށުން، ޕާކިންގް ސަރަހައްދުގެ އިތުރުން، ރައްޔިތުންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ މައިޒާނެއް ވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ވެހިކަލް ޕާކިންގް ސަރަހައްދުތައް އިތުރުކުރުމަކީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ މުހިންމު ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު ފުއްދެވުމަށް، މިހާރު ވެސް، މާލެ ސިޓީ ކައުންސިލުން އަންނަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި، ޕާކިންގް ޒޯންތައް ތަރައްޤީ ކުރަމުންނެވެ.

މިކަމާ ގުޅިގެން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެއަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެވިގެން މިދަނީ، މާލޭގައި ދިރިއުޅުއްވާ ރައްޔިތުން އުފާކޮށް، އެ މީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމުގެ މަޤްސަދުގައެވެ. އަދި މި މަސައްކަތްތައް ކުރުމުގައި، ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބެމުން އަންނަ ކަމަށް ވެސް މޭޔަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

male city

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

TTH_advertisement