ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަންދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ 10 ރަށަށް ވަޑައިގެންފައެވެ. އެގޮތުން އޭޓީއެމްގެ ޚިދުމަތް ނުލިބޭ ހަތަރު ރަށުގައި އެމަނިކުފާނުގެ ދަތުރުފުޅުގައި އެ ޚިދުމަތް ފައްޓަވައިދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ މަންދޫގެ އިތުރުން ދިއްދޫ އާއި ފެންފުށީގެ އިތުރުން ކުނބުރުދޫގައެވެ.

އޭޓީއެމްގެ ޚިދުމަތް އދ. އަތޮޅަށް ފުޅާކުރުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ މާމިގިލީގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ފައްޓަވައިދެއްވައިފައެވެ. އދ. އަތޮޅުގައި މިހާރު ބީއެމްއެލްގެ ޚިދުމަތްތައް ދިނުމަށް ޤާއިމުކޮށްފައިވާ ހަމައެކަނި އޮފީސް ހުރީ މަހިބަދޫގައެވެ.

“މި އަތޮޅުގައި އަޅުގަނޑުމެން މިކުރާ އިންވެސްޓްމަންޓަކީ ބޭންކަށްވެސް އަދި މި އަތޮޅުގެ މުޖުތަމަޢުތަކަށްވެސް ވަރަށް މުހިންމު ލަނޑުދަނޑިއެއް ހާސިލްކުރެވޭ އިންވެސްޓްމަންޓެއް. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ހުރިހާ ރައްޔިތުންނަށް ބޭންކުގެ ޚިދުމަތްތައް ވީހާވެސް ފަސޭހަކަމާއެކު ފޯރުކޮށްދިނުން. އަޅުގަނޑުމެން ގާއިމުކުރާ އޭޓީއެމްތަކަކީ މި އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ހެއްކެއް” – ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް

ބޭންކިން ވިއުގަޔަކުން މުޅި ރާއްޖެ ގުޅާލުމުގެ މަސައްކަތް ފަށާފައިވާއިރު ބީއެމްއެލްއާ ގުޅިގެން ސަރުކާރުން އަންނަނީ ބާރު ސްޕީޑުގައި އެ މަޝްރޫޢުގެ މަސައްކަތް ކުރަމުންނެވެ.

މަންދޫގައި ބެހެއްޓި އޭޓީއެމްއާއެކު މުޅި ރާއްޖޭގައި މިހާތަނަށް 250 ބީއެމްއެލް އޭޓީއެމް ވަނީ ބަހައްޓައިފައެވެ. މުޅި ރާއްޖޭގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް މިހާރު ނުލިބެނީ 7 ރަށަކަށެވެ. އެއީ ލ، ޅ އަދި އައްޑޫ ސިޓީގެ ހަތް ރަށެވެ. އެ ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

ބީއެމްއެލް އިން މިހާރު އަންނަނީ 20 އަތޮޅުގައި 42 ބްރާންޗް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި