ކުއްލި ޚަބަރު

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ކޮރަޕްޝަން ހުއްޓުވުމަށް މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިން މާލީ ބަޔާންތައް ހުށަހަޅަންޖެހޭ: މެންބަރުން

majilis

ކޮރަޕްޝަން ހުއްޓުވުމަށް މުއައްސަސާތަކާއި ކުންފުނިތަކުގެ އިސްވެރިންގެ މާލީ ބަޔާންތައް ހުށަހަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މެންބަރުން މިކަން ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އޮޑިޓް ޤާނޫނާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒްކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލުތަކަށް ބަހުސް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ހުށަހެޅުއްވި ދެ ބިލަށްވެސް ޖުމްލަކޮށް ހުރިހާ މެންބަރުންވެސް ތާޢީދު ކުރައްވައެވެ. މެންބަރުން ސިފަ ކުރެއްވީ މިއީ ރާއްޖޭގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށް މުހިންމު އިސްލާހުތަކެއްގެ ގޮތުގައެވެ.

ބިލަށް ބަހުސް ކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަން ހިންގުމަކީ މިއަދު އެއްވެސް މީހަކު ފަސްޖެހޭ ކަމެއް ނޫން ކަމަށާއި އެހެންވަނީ އެ ފަރާތްތަކަށް ދެވޭނެ އަދަބެއް ނެތުމުން ކަމަށެވެ. ދައުލަތުގެ ފައިސާއާ މުދާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށާއި ރައްޔިތުންވެސް އޭގައި އިހުމާލުވާ ހިސާބު އޮންނަކަންވެސް މެންބަރު ޣަފޫރު ފާހަގަކުރެއްވިއެވެ. އެހެންވެ އެންމެން ގުޅިގެން ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

“މި ކޮރަޕްޝަނުގެ ކަންކަން ހުއްޓުވެންޖެހޭނެ. މިކަންކަން ހުއްޓުވުމުގެ ގާބިލުކަން އެންމެންގެވެސް ހުންނަންޖެހޭނެ. ސަރުކާރުގައިވެސް ހުންނަންޖެހޭނެ، ދައުލަތުގެ މުއައްސަސާތަކުގައިވެސް ހުންނަންޖެހޭނެ، އަދި ރައްޔިތުންގެވެސް އެ ވިސްނުން ހުންނަންޖެހޭ. ކޮރަޕްޝަނާއި ވައްކަމަކީ ހަމައެކަނި ސަރުކާރަކުން ކުރެވޭނެ ކަމެއް ނޫން. މަގާމުތަކުގައި ތިބޭ މީހުން އެކަން ކުރަންޏާ އެކަން ބަލަން ތިބޭ މީހުންވެސް ތިބެނީ އެކަން ކުރަން.” ހަނިމާދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވީ ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންގެ މާލީ ބަޔާން ހުށަހަޅަން ޤާނޫނަށް އިސްލާހު ގެނައުމަކީ އެ ފަރާތްތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރަން މިހާރުން މިހާރަށްވެސް ގެންނަންޖެހޭ އިސްލާހެއް ކަމަށެވެ. އަދި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ އިސްވެރިންނާއި ސިފައިންނާއި ފުލުހުން ފަދަ މުއައްސަސާތަކުގެ އިސްވެރިންވެސް މާލީ ބަޔާން ހުށަހަޅަންޖެހޭގޮތަށް އިސްލާހު ގެންނަންޖެހޭ ކަމަށްގަބޫލުކުރައްވާ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް މިފެންނަނީ ކޮންމެ ފަސް އަހަރަކުން އެސްއޯއީތަކާއި ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް ފަސް އަހަރު ނިމޭއިރު މުއްސަނދި މަހުޖަނުންނަށް ވާތަން. އެ ބޭފުޅުން މަގާމާ ހަވާލުވާއިރު އަތުގައި ބައި ރުފިޔާވެސް ނޯންނަ ބޭފުޅުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުއްސަނދިވާތަން އެބަފެނޭ. ތަކުރާރުކޮށް އެކަންކަން ފެންނައިރުވެސް އެކަންކަން ހުއްޓުވޭނެގޮތެއް ނޯވޭ. މިއީ އެކަންކަން ހުއްޓުވަން އަޅުގަނޑުމެންނަށް އެޅިދާނެ އެއް ފިޔަވަޅު.” ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވިއެވެ.

ބިލުގެ ބަހުސްގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުވެސް ވަނީ މިނިވަން މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭގޮތަށް ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު މެންބަރަކު ހުށަހެޅި ނަމަވެސް މިފަދަ ބިލެއް ބަލައިގަނެ، އެއަށް ތާޢީދުކޮށް ބަހުސް ކުރުމުން ޕީއެންސީން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތް ހާމަވާ ކަމަށްވެސް ވިދާޅުވިއެވެ.

“ކޮންބައެއްގެތޯ މިވަބާއިން ރާއްޖެ ސަލާމަތް ކުރުމުގެ ހެޔޮ ނިޔަތް އޮތީ. ޝައްކެއްވެސް ރައީސް ޑރ. މުޢިއްޒުގެ މިސަރުކާރުގެ ވިސްނުން މިއޮތީ މިކަމުން ސަލާމަތްވުމަށް. އަޅުގަނޑުމެންގެ ވެރިކަމެއްގައި ނޫނީ، ވެރިކަން ހިނގަމުންދިޔައިރު ކޮރަޕްޝަނާއި ފަސާދަ ބަލަން ކެރުވެރިކަމެއް އެބައޮތްތޯ ރާއްޖޭގައި އުފެދިފައި.” ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ.

މާލީ ބަޔާންތައް ހުށަހެޅުމުގެ އިތުރުން އެ ބަޔާންތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ ނިޒާމުތައް ގާއިމުކުރެވެންޖެހޭ ކަމަށްވެސް ބިލުތަކަށް ބަހުސް ކުރެއްވި މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި މާލީ ބަޔާންތަކުގައި ހާމަކޮށްފައިވާ މަޢުލޫމާތުތަކަކީ ސައްޙަ މަޢުލޫމާތުކަން ކަށަވަރު ކުރެވޭނެ ނިޒާމުތައްވެސް ގާއިމުވެފައި އޮންނަންޖެހޭ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dsc 4208

ކުނބުރުދޫގައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގައިދޭނަން: ރައީސް

B 202510081019181759900758.5609

ކުނބުރުދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ފަށައިފި

laamu gamu

ގަމުގައި މާރާމާރި ހިންގި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

16 އަހަރު ފަހުން ދިވެހިރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ކުނބުރުދޫއަށް ވަޑައިގެންފި

TTH_advertisement