ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

އެސްޑީއެފްސީއިން ދޫކޮށްފައިވާ ހުރިހާ ލޯނެއް ޝަރީޢާ ކޮމްޕްލަޔަންޓް ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

Dd

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތުން އެންމެ ފުރަތަމަ އެސްޑީއެފްސީ އިން ބޭނުން ކުރަމުންދާނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިންގ މުޝާރަކާ ކޮންޓްރެކްޓެވެ. އަދި އިންތިޒާމުތައް ހަމަޖެހެމުންދާވަރަކުން ކުރިއަށް އޮތްތާގައި، ވަކާލާ ބިލް އިސްތިޘްމާރު އަދި ތަވައްރުޤު ފަދަ އިސްލާމިކް ބޭންކިންގެ ކޮންޓްރެކްޓްތަކުގެ އެހީގައި މި ބަދަލުތައް ގެނައުން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑިއަރީއެއްގެ ގޮތުގައި އެސްޑީއެފްސީން އައު ބާބެއް ފަށާއިރު، މި ބަދަލަކީ ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އައު އީޖާދީ ހައްލުތައް ހޯދައިދިނުމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ބަދަލުގެ  މުހިންމު ބައެއްގެ ގޮތުގައި، އެސްޑީއެފްސީ އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ފެސިލިޓީތައް، ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށޭނެއެވެ. މީގެ ތެރޭގައި ހާއްސަ އިސްކަމެއް ދީގެން، ކުރިން  ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ، ދޫކޮށްފައިވާ ލޯނުތަކަށް ފައިސާދެއްކުން ދަތިވެފައިވާ ފަރާތްތަކަށް ހައްލު ހޯދައިދިނުން ހިމެނެއެވެ. މިގޮތުން އިސްލާމިކް ރިފައިނޭންސިންގ އުސޫލުތަކުގެ ތެރެއިން ފައިސާ ޚަލާސްކުރަން އޮންނަ މުއްދަތު އިތުރުކޮށްދިނުން ފަދަ ލުއިތައް ހޯދައިދިނުން ހިމެނެއެވެ. މިބަދަލާއެކު، ޝަރީޢާ ހުއްދަކުރާ އުޞޫލުތަކުގެ ތެރެއިން، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފެސިލިޓީތައް ރެގިއުލަރައިޒް ކުރުމުގެ މަގުފަހިވެގެންދާނެއެވެ.

ކުރިއަށް އޮތް މަސްތަކުގައި މި ބަދަލުތައް އެކި މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭއިރު، ފުރަތަމަ މަރުހަލާ މިއަދު ފެށޭނެއެވެ. އަދި މިކުންފުނީގެ އަމާޒަކީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް މިބަދަލުތައް ގެނެސްނިންމާލުމެވެ. ކަސްޓަމަރުންނަށް މިކަމާ ގުޅޭ މަޢުލޫމާތު ބައިބަޔަށް ބަހާލައިގެން އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ދެމުންދާނެއެވެ. އަދި އޮމާންކަމާއެކު މި ބަދަލުތައް ގެނައުމުގެގޮތުން ކަސްޓަމަރުންނާ ސީދާ ގުޅައިގެންވެސް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ބަދަލުތަކާގުޅޭގޮތުން އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ އެސްޑީއެފްސީގެ ތާރީހުގައި ގެންނަ އެންމެ ފާހަގަކޮށްލެވޭ ބަދަލާއެކު އެ ކުންފުނި ހިންގަމުންދާނީ ބޭންކް އޮފް މޯލްޑިވްސްގެ ޝަރީޢާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑަރީއެއްގެ ގޮތުގައި ކަމަށެވެ.

“މި ފިޔަވަޅާއެކު، ލޯލަނަށް ފައިސާ ދެއްކުމުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދިމާވެފައިވާ ދަދިތަކަށް ލުއި ލިބި، ޝަރީޢާ އުޞޫލުން އެކަންކަން ހަމަ މަގަށް އެޅުވުމަށް ފުރުސަތު ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ އައު އީޖާދުތަކާއެކު، ޓެކްނޮލޮޖީގެ ތެރެއިން، ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ފަސޭހައިން ވާސިލުވެވެނިވި ވަށައިޖެހޭހައްލުތަކެއް ހޯދައިދިނުން.” އޭނާ ވިދާޅުވިއެވެ.

މި ބަދަލާއެކު، އެސްޑީއެފްސީ ވެގެންދާނީ، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭ ބޭންކިންގ ހިދުމަތްތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިސް ދައުރެއް އަދާކުރާ ކުންފުންޏަކަށެވެ. މިއާއެކު، ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގައި ބޭންކް އޮފް މޯލްޑިވްސްއިން އަދާކުރާ ދައުރު އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި މަސައްކަތުގެ ތެރެއިން އިސްކަންދެވިގެންދާނީ އަލަށް ފަށާ ވިޔަފާރިތަކާއި، އަންހެނުން ހިންގާ ވިޔަފާރިތަކާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގެ ވިޔަފާރިތަކާއި، ޑިޖިޓަލް އަދި ވިޔަފާރީގެ މަސައްކަތްތައް ބާރުވެރި ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

އެސްޑީއެފްސީ ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލް އަށް ބަދަލުކޮށްފި

sdfc

އެސްޑީއެފްސީ އިން އަންހެނުންނަށް ޙާއްސަ ފައިނޭންސިންގ ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފި

sdfc

އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގުފަހިކޮށްދީފި

Dd

އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމަށް އާ ފައިނޭންސިން ސްކީމެއް އެސްޑީއެފްސީން ތައާރަފްކުރަނީ

TTH_advertisement