އދ. މާމިގިލީ ހޮސްޕިޓަލު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މާމިގިލީ ހޮސްޕިޓަލު އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. ގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެެވެ. މިނިސްޓަރުގެ އަރިހުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަދި މާމިގިލި ކައުންސިލުގެ ރައީސް އިމާދު ފާރޫގް ބައިވެރިވެވަޑައިގަތެވެ.
އާރުޑީސީންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މަޝްރޫއުގެ ކޮންޓްރެކްޓު އެ ކުންފުންޏާ ހަވާލުކުރީ މި އަހަރުގެ މާޗް 12 ގައެވެ. މަސައްކަތް ނިންމަންދީފައިވަނީ 540 ދުވަސް ކަމަށްވެސް އާރުޑީސީން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު