ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިގުރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

112

އދ. ދިގުރަށު ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ދިގުރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހާއްސަ ޖަލްސާގައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.

މި މަޝްރޫއުގެ ދަށުން ދިގުރަށު ސްކޫލުގައި އެޅުމަށް ހަމަޖެހިފައިވަނީ ތިން ބުރީގެ އިމާރާތެކެވެ. އެއީ އެންނެ ޒަމާނީ ފެންވަރަށް ގާއިމް ކުރެވޭ އިމާރާތެކެވެ.

މި އިމާރާތް އެޅުމުގެ މައިގަނޑު މަގުސަދަކީ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުން. މި މަޝްރޫއުގެ ސަބަބުން އިންފްރާސްޓްރަކްޗަރގެ ގޮތުން ވެސް ރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިގުރަށުގައި އިތުރު ތަރައްގީގެ މަޝްރޫއުތަކެއް ވެސް ވަނީ ފައްޓަވާފައެވެ. މީގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، ޕޮލިސް ސްޓޭޝަނުގެ މަސައްކަތް ހިމެނެއެވެ.

އަދި މީގެ އިތުރުން، އެރަށުގެ ސިއްހީ މަރުކަޒުގެ އާ އޮފީސް އިމާރާތްވެސް ރައީސް ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާމެންދޫ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ

kulli khabaru

ދިގުރަށުގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހުން މަރުުވެއްޖެ

ތިން ރަށެއްގެ މަގުހެދުން އާރްޑީސީއަށް