ކުއްލި ޚަބަރު

މިފްކޯއިން 10 ކިލޯގެ ކުދި ކަންނެލި ގަންނަން ފަށައިފި

އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފި

ރާއްޖެ އާއި އޯޕެކް ފަންޑާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިގުރަށު މަގުތައް ހެދުމާއި ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

އދ. ދިގުރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، އެ ރަށުގެ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ދިގުރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން މި މަޝްރޫއުތައް އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

އެގޮތުން ދިގުރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އެވެ.

އޭގެ އިތުރަށް ދިގުރަށު ސްކޫލުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ނަޒީމު ސޮއިކުރެއްވިއިރު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ. އިސްމާއީލް ޝަފީއެވެ.

މިއަދު ދިގުރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަަތް ވެސް ފަށާފައިވެއެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ ޑރ. މުއްތަލިބެވެ. އޭގެ އިތުރަށް އެ ރަށުގައި އަޅާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅާފައިވެއެވެ. އެ އިމާރާތުގެ ބިންގާ އެޅުއްވީ މިނިސްޓަރ އަލީ އިހުސާނެވެ.

މި މަޝްރޫއުތަކުގެ އިތުރަށް އެ ރަށުގެ ސިއްހީ މަރުކަޒުގައި ތަރައްގީކޮށްފައިވާ ސިއްހީ މަރުކަޒުގެ އައު އޮފީސް އިމާރާތް މިއަދު ރައީސް ޑރ. މުޢިއްޒު ހުޅުވައިދެއްވިއެވެ.

ރައީސް އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަރަށް ގިނަ ރަށްރަށުގައި އައު މަޝްރޫއުތައް އަމަލީ ގޮތުން ފަށައި، ބައެއް މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށް، ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރަމުންދެއެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިން ރަށެއްގެ މަގުހެދުން އާރްޑީސީއަށް

Image 20

މާމިގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިނިސްޓަރު މުއްތަލިބު ފައްޓަވައިދެއްވައިފި

778

ގެމަނަފުށީ މިސްކިތުގެ މަސައްކަތް ނިންމަން އާރްޑީސީން ތައްޔާރުވެއްޖެ

Rff

އާރްޑީސީގެ ލޯގޯ ރީބްރޭންޑްކޮށް އިފްތިތާހްކޮށްފި

TTH_advertisement