ކުއްލި ޚަބަރު

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުންނަށް ފައިދާވާނެތީ: ބަންޑާރަނައިބު

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

މީޑިއާ ކޮމިޝަން އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރުމަށް އިތުރު އެއްދުވަސް ދީފި

media

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

މި އިންތިޚާބުގައި ކޮންމެ މީޑިއާއަކުންވެސް ވޯޓުލުމަށް ކަނޑައަޅާފައިވާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ މިއަދު ހަވީރު 16:00އަށެވެ. އިލެކްޝަން ކޮމިޝަނުން މިހާރު މިވަނީ ރަޖިސްޓްރީވުމުގެ ވަގުތު ހޯމަ ދުވަހުގެ ރޭ 12:00އާއި ހަމައަށް އިތުރުކޮށްފައެވެ.

މިގޮތަށް ވަގުތަށް ބަދަލުވެގެނެސްފަވަނީ މީޑިއާތަކަށް އެކަށީގެންވާ ވަގުތު ދިނުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފަވަނީ މިމަހުގެ 11ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފަވާ ލިސްޓުގަވާގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިންތިޚާބުގައި 353 މީޑީއާއަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެއީ 18 ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 335 މީޑިއާއެވެ.

މި ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ލިސްޓަށް އައި ބަދަލުތައް ވަނީ ގެޒެޓުކޮށްފައެވެ. އެގޮތުން ރަޖިސްޓްރީއަށް ހުށައެޅި ޝަކުވާތަކާ ގުޅިގެން ގެނައި ބަދަލުތަކުގެ ތެރެއިން 18 ފަރާތެއް ވަނީ ލިސްޓުން އުނިކޮށްފައެވެ. އަދި މި ރަޖިސްޓްރީއަށް އިތުރު ކުރި 64 މީޑިއާ/ބްރޮޑްކާސްޓަރުންގެ ލިސްޓު ވަނީ އާއްމުކޮށްފައެވެ.

މީޑިއާ ކޮމިޝަނަށް ކުރިމަތުލުމުގެ މުއްދަތު ހޮނިހިރު ދުވަހު ހަމަވިއިރު، ކުރިމަތިލާފަވަނީ 6 މީހުންނެވެ.

މި ކޮމިޝަނަކީ އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނެކެވެ. މީޑިއާ ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ކައުންސިލް އިންތިޚާބަށް ކުރިމަތިލެވޭ ވަގުތު އިތުރުކޮށްފި

2

މުއްދަތު ހަމަވިއިރު، ވޯޓާސް ލިސްޓަށް 779 ޝަކުވާ ހުށަހެޅުނު

Election

ކައުންސިލް އިންތިޚާބު: ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

Election commission

ކައުންސިލް އިންތިޚާބު: ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

TTH_advertisement