ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޔާމް، ހުޅުމާލެއިން 31 މިލިއަން ރުފިޔާގެ ބިމެއް ބައްލަވައިގެންފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، ހުޅުމާލެއިން 31 މިލިއަން ރުފިޔާގެ ބިމެއް ބައްލަވައިގެންފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް މި ބިމުގެ މިލްކުވެރިކަން ރަސްމީކޮށް ސިޔާމްއަށް ބަދަލުކުރުމަށް ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފައެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މިލްކުވެރިކަމުގެ ދަށުގައި އޮތް 3،252 އަކަފޫޓްގެ މި ބިން ސިޔާމަށް ވިއްކާލާފައިވަނީ 31 މިލިއަން ރުފިޔާއަށެވެ. ބިމުގެ އަގު ސިޔާމް ދައްކަވައި ހަލާސްކޮށްފައިވާތީ، ކޯޓުން މިހާރު ވަނީ ބިމުގެ މިލްކުވެރިކަން އޭނާއަށް ބަދަލުކޮށްދިނުމަށް އަމުރުކޮށްފައެވެ.

މި ބިމަކީ ރަހުނުކޮށްފައިވާ ބިމެއް ނޫން ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

ސިޔާމުގެ އިތުރު ބިންތަކާއި ގިނަ ރިސޯޓުތައް ހުރެއެވެ.

ސިޔާމު ހުޅުމާލެއިން ބިމެއް ބައްލަވައިގެންނެވި އިރު، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވެސް ވަނީ ހުޅުމާލެއިން 28.7 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭ އިން ތާއީދުކޮށްފި