ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ހަމަޖެހުން ނަގާލަން ހިތްވަރުދެއްވާ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަން ޖެހޭ: ސައީދު

saeed

ރާއްޖޭގެ ހަމަޖެހުން ނަގާލަން ހިތްވަރުދެއްވާ ކުރީގެ ރައީސުންނަށްދޭ އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުން ނުހައްގު ބާރުގެ ބޭނުންކޮށް ސުލްހަވެރި އެއްވުން ރޫޅާލި ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން އެކަމަށް ފާޑުވިދާޅުވެ، އެކްސްގައި މިނިސްޓަރު ސަައީދު ވިދާޅުވީީ، ރައީސް ސޯލިހާއި ކުރީގެ ރައީސުންގެ ވެރިކަމުގައި ވެސް މުޒާހަރާކުރަން ވަކި ސަރަހައްދެއް ހަދައި މުޒާހަރާ ކުރާނެ އުސޫލުތައް ވެސް ހަދައިފައިވާ ކަމަށާއި އެއީ އާ ހުދުމުހުތާރު ފިޔަވަޅުތަކެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފުލުހުންނާއި އެމްޑީޕީން އެއްބަސްވި ރޫޓާ ހިލާފުވީ އެމްޑީޕީން ކަމަށެވެ.

“މިފަދަ ދޮގުތައް ތަކުރާރު ކުރައްވާ، ރާއްޖޭގެ ހަމަޖެހުން ނަގާލަން ހިތްވަރުދެއްވާ ކުރީގެ ރައީސުންގެ މުސާރަ އާއި، އޮފީސްހިންގުމާއި ހަށިފާރައިގެ އިނާޔަތް ކަނޑާލަންޖެހޭ. މިއީ ސީދާ ބޮޑެތި އިތުރުފުޅު.” މިނިސްޓަރު ސައީދު

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ފުލުހުންގެ އަގުވެއްޓޭ ގޮތަށް ކުރީގެ ރައީސުން ވާހަކަފުޅު ނުދެއްކެވުމަކީ މުހިންމު ކަމެއްް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

TTH_advertisement