ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިކަން ކުރިއަރުވަންވީ ޤުދުރަތީ ރީތިކަމާއި، ޤަައުމުގެ އަމާންކަމާއި، ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން: ރައީސް

raees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ދިވެހިްނގެ އާދަކާދައާއި މި ޤައުމުގެ ގުދުރަތީ ވަންތަކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ފަތުރުވެރިކަން ރާއްޖޭގައި އިތުރަށް ތަރައްޤީކުރުމުގެ ކަންކަން ކުރިއަށްގެންދަންވީ، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޤަައުމުގެ އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެންކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނައަތް ކުރިއެރުވުމުގައި އެކަމަށް ބަލައިގެން ކުރިޔަަށް ދިޔުމަށް ފަތުރުވެރިކަމުގެ ސިނާޢަތާ ގުޅޭ އެންމެހާ ފަރާތްތަކަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް ވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ މި ޞިނާޢަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ފަތުރުވެރިކަމަކީ ދިވެހިންގެ އިގްތިސާދުގެ މައި ތަނބެވެ. މި ޤައުމުގެ ބައިތުލްމާލަށް އެންމެގިނައިން އަދިވެސް އާމްދަނީ ވަންނަނީ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އެއްޗަކުންނެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިސްފައިވަނީ 1972 ވަނަ އަހަރުގެ ތެރޭގައެވެ. ދިވެހިރާއްޖެއަށް ޓޫރިޒަމް ތައާރަފް ވެގެންދިޔަތާ ބައިގަރުނަށްވުރެ ގިނަދުވަސް ވެފައިވާއިރު މިއަދު ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލު މަންޒިލެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކާ ހިލާފަށް ރާއްޖޭގައި ފަތުރުވެރިކަން ފެށި ކުރިއަރައިގެން އައިސްފައިވަނީ ދިވެހިން އަމިއްލައަށް ކުރި މަސައްކަތުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

minister Thoriq

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ