ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭ އުސްފަސްގަނޑުގައި އަޅާ ސްކޭޓް އެރީނާގެ ބިންގާއަޅައިފި

މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓް އެރީނާގެ ބިންގާ އަޅައިފިއެވެ.

މި ސްކޭޓް އެރީނާގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ޢަބްދުﷲ ރާފިޢުގެ އިތުރުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އާދަމް ރަޙީމެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ސްކޭޓްގެ ހަރަކާތް ހިންގަމުންދާ ފަރާތްތަކާއި ގިނަ އަދަދެއްގެ ސްކޭޓަރުންނާއި ބެލެނިވެރިންވެސް ބައިވެރިވިއެވެ.

މާލޭ އުސްފަސްގަނޑުގައި މުޅިން އަލަށް ތަރައްޤީކުރާ ސްކޭޓް އެރީނާގެ މަސައްކަތަކީ އާރްސީސީގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އެރީނާގެ މަސައްކަތް ނިމޭއިރު މިތަނުގައި ސްޕީޑް ސްކޭޓިންގއަށް ޚާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ޚާއްސަ ޕާކެއް ހިމެނޭނެއެވެ.

ސްކޭޓް ކުރުމަކީ ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. މިގޮތުން ރާއްޖޭގެ ދުއްވުންތެރިންދަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތަކެއް ގެނެސްދެމުންނެވެ.

ބިންގާ އެޅުނު ސްކޭޓް އެރީނާއަކީ ރާއްޖޭގެ ދުއްވުންތެރިންގެ ވަރަށް ދުވަސްވީ ހުވަފެނެއްގައި ކުލަޖެހުމުގެ މަލަމައްޗެވެ. މިއެރީނާ ވެގެންދާނީ ސްކޭޓިންއިން އިތުރު ހުނަރުވެރި އެތުލީޓުން އުފައްދާ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ އިތުރަށް ވިދާލާނެ ކުޅިވަރު ތަރައްޤީގެ މުހިންމު ބޮޅަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް