ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފެނަކައިގެ ކޮރަޕްޝަން ތަހުގީގުތައް އަވަސްކުރަން ޕީޖީ އަންގަވައިފި

PG

ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ މައްސަލަތަކުގެ ތަޙުޤީޤު އަވަސްކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގައިފިއެވެ.

މި މައްސަލަތަކަކީ ޕީޖީ އޮފީހުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭ މައްސަލަތަކެއް ކަމަށް އެ އޮފީހުން ބުނެއެވެ.

މި މައްސަލަތަކުގެ ތަޙުޤީޤަށް 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ޕްރޮސެކިއުޝަން ޓީމުތަކެއް ވެސް ޕީޖީ އޮފީހުން ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން، މި މައްސަލަތަކުން ނުޙައްޤު ފައިދާ ލިބިފައިވާ ފަރާތްތަކުގެ ބައި ތަޙުޤީޤުކުރުމަށް ފުލުހުންނާއި އޭސީސީ ގުޅިގެން މަސައްކަތް ކުރުމަށް ވެސް އަންގާފައިވެއެވެ. ޕީޖީ އޮފީހުން ފާހަގަކުރާ ގޮތުގައި، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، ދައުލަތަށް އަނބުރާ ހޯދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

ފެނަކަ މައްސަލަތަކުގެ އިތުރުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ވަކި ފަރާތްތަކެއްގެ މައްޗަށް ދަޢުވާ ނުކުރުމަށް ކުރިން ނިންމާފައިވާ އެއްބަސްވުންތައް ބާޠިލުކުރުމަށް ވެސް ޕީޖީ އޮފީހުން ވަނީ އޭސީސީގައި އެދިފައެވެ.

މިކަން އެ އޮފީހުން އަންގާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަޙުޤީޤު ކުރިއަށް ގޮސްފައިވާ މިންވަރު މި މަހުގެ 8 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވެސް އޭސީސީއަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

24

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހުންގެ މައްޗަށް ދައުވާ ކޮށްފި

PG Office

ފަހު ދިހައެއްގައިވެސް ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ޚިދުމަތް މެދުނުކެނޑޭނެ

ހެކި ނެތުމުން މަސްތުވާތަކެތީގެ މައްސަލައިގައި އައްޑޫން ހައްޔަރުކުރި މީހުން ދޫކޮށްލަން ލަފާދީފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި