ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގެ ބޯޓުތަކަށް އިސްރާއީލުން މިރޭ ހަމަލާ ދީފާނެ، އެންމެތިބީ ތައްޔާރީހާލަތުގައި

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާގައި ހިމެނޭ ބޯޓުތައް “އޮރެންޖް ޒޯން” އާ ގާތަށް ޖެހެނީ:

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާއަށް އިސްރާއީލު ސިފައިން މިރޭ ހަމަލާ ދީފާނޭ ކަމަށް ބެލެވޭ ކަމަށް، ގާފިލާ އިންތިޒާމުކުރާ ފަރާތުން ބުނަމުން އެބަ ގެންދެއެވެ.

ގާފިލާގައި ހިމެނޭ ބޯޓުތައް މިހާރުވަނީ ދަތުރުގެ އެންމެ ނާޒުކު ސަރަހައްދަށް ވަނުމާ ވަރަށް ގާތުގައެވެ. އެއީ، “އޮރެންޖް ޒޯން” އެވެ.

މިއީ، މީގެކުރިން ޣައްޒާގެ ހިސާރު ފޫއަޅުވާލަން އައި ހުރިހާ ފްލޮޓިލާއަކަށް އިސްރާއީލުން ހަމަލާދީފައިވާ ސަރަހައްދެވެ.

މީގެކުރިގެ ފްލޮޓިލާ ބޯޓުތަކަށް އިސްތިއުމާރީ ސިފައިން އަރައި، އެކްޓިވިސްޓުން މަރާފައިވެސް ވެއެވެ. ބައެއް ބޯޓުތަކުގެ އެންމެން އަނިޔާވެރި ގޮތެއްގައި ހައްޔަރުކޮށްގެން އިސްރާއީލަށް ގެންގޮސް ބޮޑެތި އަދަބުތައްވެސް ދީފައި ވެއެވެ.

އެ ޖަރީމާތައް އޭރު ހިންގި ސިފައިންގެ ކުރީގެ ވެރިންނާއި، އިސްރާއީލުގެ ސިޔާސީ ހަރުކަށި ލީޑަރުން ގެންދަނީ މިހާރު ޣައްޒާއާއި ދިމާއަށް އަންނަ “ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ ހުރިހާ ބޯޓަކަށް ހަމަލާދީ ފައްތާލަން ގޮވާލަމުންނެވެ.

މީގެކުރިން، ޣައްޒާގެ ހިސާރު ފޫއަޅުވާލަން އައިސްފައިވަނީ ކޮންމެ ފަހަރަކު އެންމެ ބޯޓެއް ނަމަވެސް، މިފަހަރުގެ ފްލޮޓިލާގައި ފަންސާހާ ގާތްކުރާ އަދަދަކަށް ބޯޓު ބައިވެރިވެއެވެ. މިއީ، އެކި ގައުމުތަކަށް ނިސްބަތްވާ ބޯޓުތަކެވެ.

މި ބޯޓުތަކުގައި ދުނިޔޭގެ 44 ގައުމަކަށް ނިސްބަވްތާ ފައްސަތޭކައަށްވުރެ ގިނަމީހުން ދަތުރުކުރަމުން ދާއިރު، އޭގެ ތެރޭގައި، ސިޔާސީ މީހުންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަޝްހޫރު އެކްޓިވިސްޓުންނާއި، ޑޮކްޓަރުންނާއި، އާޓިސްޓުންނާއި، ގާނޫނީ އެތައް ވަކީލުންވެސް ހިމެނެއެވެ.

ކުރީ ފަހަރުތަކާ ޚިލާފަށް މިފަހަރު އެތައް ބޯޓެއް ހިމެނޭތީ، ގާފިލާ ހުއްޓުވާނެ ގޮތަކާމެދު މުޖުރިމު ނަތަންޔާހޫއާއި، އިސްތިއުމާރީ ސިފައިން މީގެކުރިންވަނީ އެތައް ސައްލާތަކެއް ކޮށްފައެވެ.

އެހެންކަމުން، އިސްރާއީލުން ގާފިލާ ހުއްޓުވަން އަޅާފާނެ ފިޔަވަޅުތައް އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

މިފަހަރު ގާފިލާ ހުއްޓުވަން އެހާ ފަސޭހަ ނުވާނެތީ، އިސްރާއީލު ޚާރިޖިއްޔާއިންވަނީ އެ ގާފިލާގައި ގެންނަ ހުރިހާ އިންސާނީ އެހީގެ ސާމާނެއް، އިސްރާއީލުގެ އެޝްކެލޮންގެ ބަނދަރަށް ބޭލުމަށްވެސް ގޮވާލާފައެވެ. ޣައްޒާގެ ރައްޔިތުންނަށް އެތަކެތި އިސްރާއީލުން ފޯރުކޮށްދީފާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލުން “ގްލޯބަލް ސުމުދް ފްލޮޓިލާ” އަށް އެތައް ދޮގު ތުހުމަތުކޮށް، އެ ގާފިލާ އަންނަ މަގްސަދު އޮޅުވާލަން އެތައްކަމެއް ކޮށްފައި ވެއެވެ. ބުނަމުންގެންދަނީ އެއީ، ހަމާސްއިން ސްޕޮންސަރކޮށްގެން ފޮނުވާ “ހަމާސް ފްލޮޓިލާއެއް” ކަމަށެވެ. އެކަމަކު، އިސްރާއީލުން ދައްކާ ވާހަކަތައް މިހާރު ދުނިޔެ ގަބޫލެއް ނުކުރެއެވެ.

ގާފިލާގައި ހިމެނޭ ބޯޓުތަކަށް އިސްރާއީލުން މިރޭ ހަމަލާ ދޭނޭ ކަމަށް ބެލެވޭތީ، ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. ދަތުރު ގެންދަނީ ލައިވް ސްޓްރީމް ކުރަމުންނެވެ. ވަށައިގެން ކެމެރާތައް ހުރީ ޖައްސާފައެވެ. މުޅި ދުނިޔެ އޮތީ ގާފިލާއަށް ވާނޭގޮތެއް ބަލާށެވެ.

ގާފިލާ މިހާރު ދަތުރުކުރަމުން ގެންދަނީ، ބައެއް ގައުމުތަކުން ފޮނުވި ކަނޑުގެ މަނަވަރުތަކުގެ ހިމާޔަތުގައެވެ.

ގާފިލާގައި ދަތުރުކުރާ ބޯޓެއްގައި ހުރި މަޝްހޫރު އެކްޓިވިސްޓް ގްރޭޓާ ބުނެފައިވަނީ، އިންސާނީ އެހީގެ ގާފިލާ ހުއްޓުވުމުގެ އެއްވެސް ހައްގެއް އިސްރާއީލަށް ލިބިގެން ނުވާ ކަމަށާއި، ގާފިލާ ހުއްޓުވުންވެސް ވެގެންދާނީ ހަނގުރާމައިގެ ޖަރީމާއަކަށް ކަމަށެވެ.

ގްރޭޓާ ބުނެފައިވަނީ، “ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާގައި ހިމެނޭ ބޯޓުތަކުގައި ތިބި އެންމެންވެސް މިހާރު ތިބީ ތައްޔާރީ ހާލަތުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement