ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަނޑުހައިހޫނުކަމުގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު 453 އަށް އަރައިފި

ޣައްޒާގެ ކުޑަކުދިންތަކެއް ކާނޭ އެއްޗެއް ލިބޭނޭކަމުގެ އިންތިޒާރުގައި:

ބަނޑުހައިހޫނުކަމާއި، ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާއިން މަރުވި މީހުންގެ އަދަދު 453 އަށް އަރައިފިއެވެ.

ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ، އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވި ފަހުން، ބަނޑުހައިހޫނުކަމުގައި މަރުވި ކަމަށް މިހާތަނަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު 453 އަށް އަރާފައިވާ ކަމަށާއި، އޭގެ ތެރޭގައި 150 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

ޣައްޒާގެ އުތުރުގައި ހުންނަ އެންމެބޮޑު ހޮސްޕިޓަލް ކަމަށްވާ އަލް ޝިފާ ހޮސްޕިޓަލުން މިއަދު ބުނެފައިވަނީ، ރަނގަޅު ކާނާއާއި، އެކަށީގެންވާ ބޭސްފަރުވާ ނުލިބި ތުއްތު ކުއްޖަކު މިއަދުވެސް މަރުވެފައިވާ ކަމަށެވެ.

އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައިވަނީ މިއަހަރުގެ މާޗްމަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތުން، ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހާއި، ތެލާއި އަދި އެނޫންވެސް ދިރިތިބުމަށް ބޭނުންވާ އެއްވެއް އެއްޗެއް އެތެރެކުރިޔަ ނުދީ ގެންދަނީ ހިފަހައްޓަމުންނެވެ.

ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދިޔަ އދގެ އޭޖެންސީތަކާއި، ބައިނަލްއަގްވާމީ އޭޖެންސީތައްވެސް ވަނީ ޣައްޒާއިން ބޭރުކޮށްލާފައެވެ.

އޭގެ ބަދަލުގައި، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ނަމުގައި އެމެރިކާއާއި އިސްރާއީލުން ޣައްޒާއަށް ގެނައީ އެމެރިކާގެ ގްރޫޕެކެވެ.

އެކަމަކު، އެ ގްރޫޕުން ބަހާ އިންސާނީ އެހީ ހޯދަންދާ އެތައްސަތޭކަ ބައެއްގެ ގަޔަށް ބަޑިޖަހައި މިހާތަނަށްވަނީ ޝަހީދުކޮށްލާފައެވެ. އެހެންކަމުން، އެއީ، ޣައްޒާގެ ރައްޔިތުން މެރުމަށް އިސްރާއީލާއި އެމެރިކާ ރާވައިގެން ޖެހި ދަންތުރައެއްކަން ހާމަވެ، އެ ގްރޫޕް ޣައްޒާއިން ބޭރުކުރުމަށް އެތައް ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ