ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީޕީ ނަވީން ގަތަރުގެ އިންޓަޕޯލް އެންސީބީގެ އިސްވެރިޔާއާ ބައްދަލުކުރައްވައިފި

Ii

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މިހާރު ގަތަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ ދޯހާއަށް ވަޑައިގެން އިންޓަޕޯލް އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދުގެ ޑެލިގޭޓު އަދި ހެޑް އޮފް  އެންސީބީ ދޯހާ ޢަލީ މުޙައްމަދު އަލް ޢަލީއާ ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސާނީ ވަސީލަތްތައް ތަރައްގޯ ކުރުމަށް ގަތަރު ފުލުހުންގެ ފަރާތުން ފޯރުކޮއްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންނާއި، އިންޓަރޕޯލުން ދިވެހި ފުލުހުންގެ އިދާރާއަށް ފޯރު ކޮށްދެމުން ގެންދާ އެހީތެރިކަން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން އިންޓަރޕޯލް ގްލޯބަލް އެކަޑަމީ ނެޓްވޯކްގައި ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމެންޓް ބައިވެރި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމެންޓުން ހިންގާ ޕްރޮގްރާމްތަކުގައި އިންޓަރޕޯލްގެ މެމްބަރު ގައުމުތަކުގެ ކަމާ ގުޅޭ އިދާރާތަކަށް ފުރުސަތު ހުޅުވާލުމާއި، މެމްބަރު ގައުމުތަކުން ބޭނުންވާ ޕްރޮގްރާމްތައް އިންޓަރޕޯލްއާ ގުޅިގެން ފަރުމާ ކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމުގައި ހެޑް އޮފް އެންސީބީ ދޯހާ ޢަލީ މުޙައްމަދު އަލް ޢަލީ ވަނީ، ގަތަރު ފުލުހުންގެ ފަރާތުން ދިވެހި ފުލުންގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮއްދެއްވާނެ ކަމަށާއި، ތަޖުރިބާ ހިއްސާކުރުމުގެ ޕްރޮގްރާމްތަކުން ދިވެހި ފުލުހުންނަށް ފުރުސަތު ދެއްވާނެކަމަށް ވިދާޅުވެ އެޕްރޮގްރާމްތަކުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.

މިބައްދަލުވުމުގެ ތެރެއިން، ކުއްލި ހާލަތުގައި ގަތަރުގެ ކަމާގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރާ ގޮތާއި، ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން ބޮޑެތި ކުޅިވަރު އިވެންޓުތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ ނިޒާމުކަމުގައިވާ ކިއު 360 ޕްރޮޖެކްޓާ ގުޅޭ މައުލޫމާތު އަދި ތަޖުރިބާ ގަތަރު ފުލުހުންގެ ފަރާތުން ހިއްސާކުރައްްވައި، އެފަދަ ނިޒާމްތައް އެހެން ގައުމުތަކުގައި ގާއިމުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ހެޑް އޮފް އެންސީބީ ދޯހާ ޢަލީ މުޙައްމަދު އަލް ޢަލީ ވަނީ ދެޤައުމުގެ ފުލުހުންގެ އިދާރާގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމަން ވިދާޅުވެ މިހާރުވެސް ބާއްވަމުންދާ ގާތްކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

އަންހެން ފުލުހުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރެވޭހާ ބޮޑު: ސީޕީ ނަވީން

Nav

ރައްޔިތަކު ފުލުހެއްގެ ކިބައިން އެހީއަކަށް އެދޭހިނދު ދިއްކޮށްލެވެނީ އިޚްލާސްތެރި އަތަކަށް ވާނެޖެހޭނެ: ސީޕީ ނަވީން

403840 5202fef4 7

މަސައްކަތްކުރާނީ އުސޫލުތައް ނަގަހައްޓައި ނަޒާހަތްތެރިއެއްގެ ގޮތުގައި: ނަވީން