ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން 12 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

Ii

ރިޝްވަތުގެ ދެ ދައުވާއެއް ސާބިތުވެ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މައުމޫންގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ ޕީޕީއެމްގެ ވެރިކަމުގައި އޭނާ މޯލްޑިވް ގޭސްގެ އެމްޑީ ކަމުގައި ހުންނެވިއިރު، 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން މިއަދު ހުކުމް އިއްވީ ދެ ދައުވާގެއެވެ.

އޭނާގެ މައްޗަށް އުފުލި އިތުރު ފަސް ދައުވާއެއްގެ މައްސަލަ ނުނިމި ކޯޓްގައި އެބައޮތެވެ.

ކޮންމެ ދައުވާއަކަށް ކޯޓުން އިއްވީ ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އެއީ ޖުމްލަ 12 އަހަރާއި 9 ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ރިޝްވަތުގެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް ދައުލަތުން އެދުނީ އަދަބުގެ ދަރަޖަ މަތިކޮށް، ބޮޑު އަދަބެއް މައުމޫންގެ މައްޗަށް ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ނައީމާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަވާޒު ޝަރުތުތަކާއެކު ދޫކޮށްލައިފި

Mussss

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

Mussss

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުނު މީހާ ބަންދުން ދޫކޮށްލައިފި