ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިވެންޓް ބޭއްވުމަށް ހުއްދަ ނުނަގާ ބައެއް މީހުން ސްޓޯލްތައް ވިއްކަމުންދޭ، ސަމާލުވޭ: އެޗްޑީސީ

HDC

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް/ފެއާ ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ބައެއް ފަރާތްތަކުން ސްޓޯލް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް/ފެއާ ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ނުނަގާ ބައެއް ފަރާތްތަކުން އިވެންޓް ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން އެޗްޑީސީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްކަން އެ ކޯޕަރޭޝަންގެ ޕާމިޓްސް އެންޑް ސާވިސަސް ސެކްޝަންގެ ނަންބަރު 3356112 އަށް ގުޅައި ޔަގީން ކުރުމަށް ވަނީ އެދިފައެވެ.

“އެޗްޑީސީގެ ހުއްދަ ނެގުމެއް ނެތި މިގޮތަށް އިވެންޓްތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކުރުމުންނާއި ސްޓޯލްތައް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ” އެޗްޑީސީ

އެޗްޑީސީން އިތުރަށް ވިދާޅުވީ 14 މެއި 2025 ގައި އާންމުކޮށްފައިވާ އިއުލާނާ އެއްގޮތަށް ހުޅުމާލޭގައި ފެއާ/ނައިޓް މާކެޓް އަދި މަގުމަތީ ބާޒާރު ހިންގުމަށް ސަރަހައްދު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އެކަން ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި