ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީޑިއާ ކޮމިޝަންގެ އިންތިހާބަށް އޮބްޒާވަރުންނާއި މޮނިޓަރުން ހޯދަން ހުޅުވާލައިފި

Ec election commission

މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު މޮނިޓަރކޮށް އޮބްޒާވްކުރުމަށް ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުން، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހަތަރު މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގެ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

އީސީން ބުނީ ފޯކަލް ޕޮއިންޓަށް ވުމަށް [email protected] އަށް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި my.elections.gov.mv ޕޯޓަލް އިން މޮނީޓަރަށް ވުމަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. މޮނީޓަރުންގެ މައުލޫމާތު ހުށަހަޅާނީ ފޯކަލް ޕޮއިންޓެވެ. މި ފުރުސަތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ ހަތަރު މެންބަރުން ހޮވާނީ މީޑިއާތަކުގެ ފަރާތުންނެވެ. މީގެ ތެރޭގައި އޮންލައިން މީޑިއާތަކުން ދެ މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާނެ ދެ މެންބަރުން ހިމެނެއެވެ. އަދި ބާކީ ތިން މެންބަރުން އިންތިޚާބުކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

މި އިންތިޚާބަކީ މީޑިއާ ރެގިއުލޭޓްކުރުމުގެ ގާނޫނު ތަސްދީގުކުރެވި، އެ ގާނޫނަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ބާއްވާ ފުރަތަމަ އިންތިޚާބެވެ. މި ގާނޫނު ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

Qw

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި