ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިއުކްލިއަރ ޕްރޮގްރާމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި މައްސަލަ އީރާނު ޕާލަމެންޓުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި

އީރާނު ޕާލަމެންޓް ޖަލްސާއެއް ހިނގަމުންދަނީ:

އީރާނުގެނިއުކްލިއަރ ޕްރޮގްރާމާ ދެކޮޅަށް އދއިން އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅި މައްސަލަ އީރާނުގެ ޕާލަމެންޓުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

މިހާރު ހިނގަމުންދާ އީރާނުގެ ޕާލަމެންޓް ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރުން ވިދާޅުވެފައިވަނީ، އީރާނުގެ ނިއުލްލިއަރ ޕްރޮގްރާމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ޣައިރުގާނޫނީ އަދި  ވަރަށް ބޭއިންސާފު އަމަލެއް ކަމަށެވެ.

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ދެކޮޅަށް އަޅައި، މިއަދު އަމަލުކުރަން ފެށި ފިޔަވަޅުތަކަކީ، 2015 ވަނަ އަހަރު އީރާނާއި ހުޅަނގުގެ ބޮޑެތި ބާރުތަކާ ދެމެދު ވެވުނު ނިއުކްލިއަރ އެއްބަސްވުމުގެ ދަށުން އުވާލާފައިވާ ފިޔަވަޅުތަކެވެ.

މި ފިޔަވަޅުތަކަށް އަލުން އަމަލުކުރަން އދގެ ތެރެއިން ނިންމީ، ހުޅަނގުގެ ބޮޑެތި ބާރުތަކާއި، އީރާނާ ދެމެދު ދެކެވުނު ވާހަކަތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.

އަދި އެމެރިކާއާއި އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި ތަންތަނަށް ވަރުގަދައަށް ބޮންއަޅާފައި ވަނިކޮށްވެސް މެއެވެ.

އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަލުން އަޅަން ނިންމީ، ޖަރުމަނާއި، ފްރާންސާއި، އިނގިރޭސިލާތުގެ ބާރުއެޅުމުގެ ދަށުންނެވެ.

އީރާނާ ދެކޮޅަށް ފިޔަވަޅު އަޅަން އޭޕްރީލް މަހަށް ފަސްކުރަން ޗައިނާއާއި ރަޝިޔާއިން ހުށަހެޅުންތަކެއް ހުށަހެޅި ނަމަވެސް، ހުކުރު ދުވަހު ބޭއްވި ސަލާމަތީ މަޖިލީހުގެ ޖަލްސާގައި އެ ހުށަހެޅުމަށް އެކަށީގެންވާ ވަރަށް ވޯޓެއް ނުލިބުނެވެ.

އީރާނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، އަދި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅުންހުރި އެއްވެސް ކަމެއްގައި އީރާނާއެކު އެއްވެސް މުއާމަލާތެއް ކުރުން ގައުމުތަކަށް މަނައެވެ.

އީރާނުގެ ޚާރިޖިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ، ގާނޫނީ އެއްވެސް އަސާސެއްނެތް އޮވެގެން ނޫން ކަމަށެވެ.

އދގެ ފިޔަވަޅު ތަކަކީ ޣައިރުގާނޫނީ ފިޔަވަޅުތަކެއް ކަމަށާއި، މިފިޔަވަޅުތަކަށް އަމަލު ނުކުރުމަށް އީރާނުގެ ޚާރިޖިއްޔާއިން ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައި ވެއެވެ.

ހަމަ އެއާއެކު، އީރާނުން އެގައުމުގެ ގައުމީ މަސްލަހަތުތަކާއި، ހައްގުތައް ހިމާޔަތް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް

އެމެރިކާއިން ގަލްފްގައި އަސްކަރީ ބޭސްތައް ގާއިމްކުރީވެސް އިސްރާއީލު ރައްކާތެރިކުރުމަށް: އީރާނުގެ ޚާރިޖީ ވަޒީރު

އީރާނާ ދެކޮޅަށް ޓްރަމްޕް ކުރާ ހަނގުރާމަ ހުއްޓުވަން ސެނޭޓަށް ހުށަހެޅި ދެވަނަ ގަރާރުވެސް ބޭރުކޮށްލައިފި