ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީޑިޔާ ކޮމިޝަނުގެ އިންތިހާބުގައި 353 މީޑިޔާއަކަށް ވޯޓުލެވޭ

Election commission

މީޑިޔާ ރެގިއުލޭޓުކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ މީޑިޔާ ރެގިއުލޭޓުކުރާ ކޮމިޝަނުގައި މީޑިޔާތައް ތަމްސީލުކުރާ ހަތަރު މެންބަރުން އިންތިހާބުކުރުމަށް ނަގާ ވޯޓުގައި ބައިވެރިވުމުގެ ހައްގު ލިބިފައިވާ މީޑިޔާތަކުގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީޑިޔާތަކާއި ބްރޯޑްކާސްޓަރުންގެ ލިސްޓު ޝާއިއުކޮށްފަައިވާއިރު، އެ ލިސްޓުގައި 353 މީޑިޔާއެއް އަދި ބްރޮޑްކާސްޓަރެއްގެ ނަން ހިމެނެއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 3:00 އާ ހަމައަށް އޮންނާނެއެވެ.

އޭ މެއިލް މެދުވެރިކޮށް ޝަކުވާ ބަލައިގަންނާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓާއި އިދާރާއިން ޝަަކުވާ ހުށަހަޅާ ފޯމު ލިބޭނެއެވެ.

މީޑިޔާ ކޮމިޝަަނުގައި މީޑިޔާތައް ތަމްސީލުކުރާ ހަތަރު މެންބަރުން އިންތިހާބުކުރުމުގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދވަހުއެވެ.

ކޮމިޝަނުގައި ތިއްބަވާނީ މީޑިޔާއިން އިންތިހާބުކުރާ ހަތަރު މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުން އިންތިހާބުކޮށް ކޮމިޝަނަށް އައްޔަންކުރާ ތިން މެންބަރުންނާއެކު ޖުމްލަ ހަތް މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުންވަނީ މީޑިޔާތަކާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ހަތަރު މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލާފަައެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވާނީ އޮކްޓޯބަރު ހަތަރުވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

Qw

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި