ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުދުއްފުށީގައި ހަށިހެޔޮ ކަސްރަތު ޕްރޮގްރާމު ރަސްމީކޮށް އިފްތިތާޙްކޮށްފި

ކުޅުދުއްފުށި ސިޓީގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ‘ހަށިހެޔޮ’ ކަސްރަތު ޕްރޮގްރާމު މިއަހަރުވެސް ބޭއްވުމަށް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި އަންނަ އޮކްޓޯބަރު މަހު 1 އިން 31 އަށް ބާއްވާން ހަމަޖެހިފައިވާ މި ކަސްރަތު ޕްރޮގްރާމަކީ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލުގެ އިސްނެގުމުގެ ދަށުން ސިޓީ ކައުންސިލާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ އެއް މަސް ދުވަހުގެެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި މިއަހަރު މުޅި ޖުމްލަ 298 މީހުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމު ރަސްމީކޮށް އިފްތިތާޙުކުރުމަށް ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިގޮތުން މި ރަސްމިއްޔާތުގައި، ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯ، އަޙުމަދު ފާއިޒު ހަސަން އާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޚަދީއްޖާ އަލީ އަދި ސިޓީ ކައުންސިލްގެ މެންބަރުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕަރިޓެންޑެންޓް އިބްރާޙިމް ޒުހުރީ އާއި ކޮމާންޑަރ އިންސްޕެކްޓަރ އަޙުމަދު ސިނާންގެ އިތުރުން ކޭއާރުއެޗު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސްޓްރަކްޓަރުންނާއި ޕްރޮގްރާމުގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން މި ކަސްރަތު ޕްރޮގްރާމު ފެށުމުގެ ގޮތުން ބައިވެރިންނަށް ވަނީ ” ދުޅަހެޔޮ ސިއްހަތަކަށް ރަނގަޅު ކާނާ’ ގެ ނަމުގައި މައުލޫމާތުގެ ސެޝަން އެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މި ސެޝަން ފެސިލިޓޭތް ކޮށްދެއްވާފައިވަނީ ޑައިޓީޝަން މަރިޔަމް ނަޖްލާ އަދި އައިމިނަތު ލަޝާ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅުދުއްފުށީގައި އިމިގްރޭޝަންގެ ރީޖަނަލް އޮފީހެއް ހުޅުވައިފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

778

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޕްރައިވެޓް ރޫމް އެޅުމަށް ހަވާލުކޮށްފި

ކުޅުދުއްފުށީ ޑަބްލިއުޑީސީގެ ފަރާތުން ހެދި ބީޗްހަޓްތަކާއި ޖޯލިތަކުގެ މަސައްކަތް ނިންމާލައިފި