ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންހެން ސޭޓަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

Mal

ހުޅުމާލޭގައި ހުންނަ ފިހާރައެއްގެ އަންހެން ސޭޓަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވި މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެނައި ކަމުގެ މައުލޫމާތު ލިބުނީ މެންދުރު ފަހު 12:45 ހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބަންގްލްދޭޝްއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޖަހަންގިރް މިއާ ކިޔާ މީހެކެވެ. އޭނާ ހައްޔަރު ކުރީ ސީސީޓީވީ ފުޓޭޖުންނާއި އެހެނިހެން ގޮތްގޮތުން ހޯދި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.

ޖަހަންގިރް ހައްޔަރު ކުރީ ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭނާ ހުރިތަން ލޮކޭޓު ކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. އޭނާ ހައްޔަރު ކުރީ މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހިން ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި އަނިޔާވީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ އުމުރުން 21 އަހަރުގެ ނޭޕާލްގެ މީހަކަށް ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ކަރަށް ލިބުނު ޒަޚަމްތަކަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި