ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެ ހަތް ޒޯނަކަށް ބަހާލައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފުޅާކުރަނީ

Salaah

ރާއްޖެ ހަތް ޒޯނަކަށް ބަހާލައިގެން ބިދޭސީންގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދް ފަޞީޙް ވިދާޅުވެއްޖެއެވެ.

ފަސީހު މިފަދައިން ވިދާޅުވީ އިމިގްރޭޝަން އިންސައިޓްސްގައި ވާހަކަ ދައްކަވަމުންނެވެ.

އިމިގްރޭޝަނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެންފޯސްމެންޓުގެ ދާއިރާކަން ފާހަގަކުރައްވާ އިމިގްރޭޝަންގެ ކޮންޓްރޯލާ ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން ހަތް ޒޯނަކަށް ރާއްޖެ ބަހާލައިގެން އެންފޯސްމަންޓުގެ މަސައްކަތް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

“މި މަސައްކަތަށް ބޭނުންވާ ވަސީލަތްތައް އަޅުގަނޑަށް ޔަގީން ސަރުކާރުން ފޯރުކޮށްދޭނެކަން. ލޯންޗުފަހަރު ހުރެގެން ރާއްޖޭގެ ދެކުނަށް އަދި އުތުރަށްވެސް ސިސްޓަމެޓިކްކޮށް، ސަސްޓެއިނަބަލްކޮށް މި ޕްރޮގްރާމު ހިންގުމުގެ ވިސްނުން އަޅުގަނޑު އެބަހުރި. އަޅުގަނޑުމެންނަށް މިކަން ހަމަ ވާނެ،” ފަސީހު ވިދާޅުވި އެވެ.

ތަންފީޒު ނުވެ ހުރި ކަންކަން ތަންފީޒު ކުރެވެން ފެށުމާއެކު ރާއްޖޭގައި ގަވާއިދާ ޚިލާފަށް ނުވަތަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅެމުން އަންނަ ބިދޭސީން މަދުވާނެ ކަމަށާއި މި މަސައްކަތުގެ މަގްސަދަކީ އާންމު ރައްޔިތުން ކުށްވެރިކުރުން ނޫން ކަަމަށް ކޮންޓްރޯލާ ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ރާއްޖެ އަންނަނީ ވަރަށް ގިނަ ފައިސާތަކެއް ޚަރަދުކޮށްގެންކަން ފާހަގަކުރައްވާ ފަޞީޙް ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް މަދުން ނަމަވެސް ދިވެހިން އިހުމާލުވާ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތަށް ރަށު ކައުންސިލްތަކުން ދޭ އެއްބާރުލުން ފާހަގަކުރައްވައި ކޮންޓްރޯލާ ވަނީ ޝުކުރު ދަންނަވާފައެވެ.

މި ސަރުކާރުން ކުރި މަސައްކަތުން މިހާތަނަށް ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 8000އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

tourists

ދަތުރުކުރުމުގައި ދަތިވެފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި

immigration

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ