ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހެނދުނުން ފެށިގެން މިހާތަނަށް ޣައްޒާއިން ސާޅީހަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

މިއަދު ޝަހީދުކޮށްލާފައިވާ ބައެއް މީހުންގެ ހަށިތައް:

ހެނދުނުން ފެށިގެން މިހާތަނަށް ޣައްޒާއިން ސާޅީހަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ދެމުންގެންދާ ހަމަލާތަކުގައި އެންމެ ގިނަމީހުން މިއަދު ޝަހީދުކޮށްލާފައިވަނީ ގާޒާ ސީޓީންނެވެ. އެ ސިޓީން އެކަނިވެސް 25 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

އަދި އިންސާނީ އެހީ ހޯދަން ގޮސްތިއްބައި  ބަޑިޖަހައިވެސް ބަޔަކު ޝަހީދު ކޮށްލާފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން މިހާރުވެސް ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ. އެންމެ  ވަރުގަދައަށް ބޮންއަޅަމުން ގެންދަނީ ގާޒާ ސިޓީއަށެވެ.

އެގޮތުން، އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތަކާއި، އެނޫންވެސް ތަންތަނަށް ޖެޓާއި ޑްރޯން ބޭނުންކޮށްގެން ބޮންއަޅަމުން ގެންދާއިރު، އެއްގަމުމަގުންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ.

ގާޒާ ސިޓީގެ ތެލް އަލްހަވާއަށް ވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން ގެންދާއިރު، ޣައްޒާގެ މެދުތެރޭ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ހުރި އާންމުން ދިރިއުޅޭ އިމާރާތަކަށްވެސް ބޮންއަޅައި ބޮޑު ގަތުލުއާންމެއް ހިންގާފައި ވެއެވެ. މި ޓެރަރިސްޓު ހަމަލާގައި ކުޑަކުދިންވެސް ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ފަރާތްތަކުން ބުނެއެވެ.

ގާޒާ ސިޓީގެ އަލް ތުއްފާހް އަވަށަށްވެސް ވަރުގަދައަށް ބޮންއެޅުމުގެ ސަބަބުން ފަސްމީހުން ޝަހީދުވެ، އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ