ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

މީޑިއާ ކޮމިޝަންގެ އިންތިޚާބުވެސް ބާއްވާނީ ހުރިހާ މަރުހަލާއެއް ފުރިހަމަވާގޮތަށް: ޒާހިދު

election commission

މީޑިއާ ކޮމިޝަންގެ އިންތިޚާބުވެސް ބާއްވާނީ ހުރިހައި މަރުހަލާއެއް ފުރިހަމަވާގޮތަށް ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ބަޖެޓުގެ ތެރެއިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބު ބޭއްވޭނެކަމަށް އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ޒާހިދު މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބާ ގުޅޭގޮތުން،  ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިޚާބު އަންނަ މަހުގެ 11ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އެ ކޮމިޝަނުން ބާއްވާ އެހެން އިންތިޚާބުތަކާ އެއްގޮތަށް މީޑިއާ ކޮމިޝަންގެ އިންތިޚާބުވެސް ބާއްވާނީ ހުރިހައި މަރުހަލާއެއް ފުރިހަމަވާގޮތަށް ކަމަށެވެ. އަދި މި އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އިތުރު ބަޖެޓެއް އަދި މުވައްޒަފުންވެސް ބޭނުން ނުވާނެ ކަމަށާއި މިހާރު ހުރި ވަސީލަތްތަކުން، ގޮންޖެހުމެއް ނެތި އިންތިޚާބު ބޭއްވޭނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.

“އިލެކްޝަންސް ކޮމިޝަންގެ ޓީމަށް މިވަރުގެ އިންތިޚާބެއް ބާއްވާކަށް މާބޮޑު ގޮންޖެހުންތަކަކާ ކުރިމައްޗެއް ނުވާނެ. ޚަރަދަށް ބަލާއިރުވެސް އެވެސް އަޅުގަނޑުމެން ބެލީ މިވަގުތު ދައުލަތުގެ މާލީ ތަނަވަސްކަމާއި އަޅުގަނޑުމެންގެ އިގްތިސާދާއި މި ހުރިހާ ހާލަތަކަށްބަލާއިރު އަޅުގަނޑުމެން މިހާރުވެސް މިގެންގުޅޭ ބަޖެޓުގެ ތެރެއިން އަޅުގަނޑުމެންނަށް މިކަން ކޮށްލެވެން ވާނެއޭ. އެހެންވީމަ އަޅުގަނޑުމެން އިތުރަކަށެއް މިއަކަށް ބަޖެޓެއް ނުވަތަ ފައިސާއެއް ހޯދާކަށް ނޫޅޭނަމޭ،” އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވިއެވެ.

މީޑިއާ ކައުންސިލް އިންތިޚާބަކީ ކުޑަ އިންތިޚާބެއްނަމަވެސް އިންތިޚާބުގެ ސައްޚަކަމާމެދު އެއްވެސް ޝައްކެއް އުފެދުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އަންނަ މަހުގެ 11ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި މީޑިއާ ކޮމިޝަނަށް 4 މެންބަރަކު އިންތިޚާބު ކުރާނެއެވެ. އެއީ ބްރޯޑްކާސްޓަރުންގެ ތެރެއިން ދެ މެންބަރަކާއި އެހެނިހެން މީޑިއާތަކުން ދެ މެންބަރުންނެވެ. މި ދާއިރާތަކުން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހުގެ މެންދުރު 2:00އާ ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

Election commission

ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި 621 ވޯޓު ފޮށި ބަހައްޓާނެ

Ec election commission

294،937 މީހަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ: އީސީ

TTH_advertisement