އ.ދ ގެ ކޮމިޓީ އޮފް އެކްސްޕާޓްސް އޮން ގްލޯބަލް ޖިއޯސްޕޭޝަލް އިންފޮމޭޝަމް މެނޭޖްމަންޓް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން-ޖީޖީއައިއެމްއޭޕީ)ގެ އެގްޒެކެޓިވް ބޯޑުގެ 2025-2028 ވަނަ ދައުރަށް ފިނޭންސް މިނިސްޓްރީގެ ޖިއޯމެޓިކްސް ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް، މުހައްމަދު ޝާފީ ހޮވިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު ދެކުނު ކޮރެއާގައި ބޭއްވި ޔޫއެން-ޖީޖީއައިއެމްއޭޕީގެ 14 ވަނަ ޕްލިނަރީ ބައްދަލުވުމުގައި އެމަގާމަށް ޝާފީ ހޮވިވަޑައިގެންފައި ވަނީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އާމީނިއާ، އޮސްޓްރޭލިއާ، ފިޖީ، އީރާން، ޖަޕާން، މެލޭޝިއާ، މޮންގޯލިއާ، ޕާކިސްތާން، ރަޝިއާ އަދި ޓޮންގާގެ މަންދޫބުންނާއެކު ގޮނޑި ހޯދާފައިވެއެވެ.
ފޮރިން އިން ބުނި ގޮތުގައި މިއީ ރާއްޖެއިން އެ ބޯޑުގެ މެމްބަރުކަން އަދާކުރާނެ ފުރަތަމަ ފަހަރެވެ. އެއާއެކު ރާއްޖެއިން މި ކޮމިޓީގައި ޖިއޯސްޕޭޝަލް ދާއިރާއިން ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުމަށް އިސްދައުރެއް އަދާކުރާނެއެވެ.
އދ. ގެ ޖީޖީއައިއެމްއޭޕީގެ އެގްޒެކްޓެކިވް ބޯޑުގައި، ދެ ކޯ-ޗެއާ އަދި ތިން ވައިސް-ޗެއާ، ހިމެނޭހެން މުޅިއެކު 15 މެމްބަރުން ހިމެނޭނެއެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިންގައި ރާވުމުގައި އެގްޒެކްޓެކިވް ބޯޑުން އިސް ދައުރެއް އަދާކުރެއެވެ.
އދ. ގެ ޖީޖީއައިއެމްއޭޕީގެ އަކީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި ޖިއޯސްޕޭޝަލް މައުލޫމާތު ތަރައްގީކޮށް ބެލެހެއްޓުމުގައި އިސްދައުރެއް އަދާކޮށް، ވިލަރެސްކޮށް އަދި އެހީތެރިވެދޭ ސަރަހައްދީ ޖަމިއްޔާއެކެވެ. 56 ގައުމުގެ ހިމެނޭ މި ޖަމިއްޔާއަކީ އދ. ގެ ޖީޖީއައިއެމްގެ އޮނިގަނޑުގެ ދަށުން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަމުންދާ ޖަމިއްޔާއެކެވެ.
ކިޔުންތެރިންގެ ހިޔާލު