ފެމިލީ ކޯޓު ވަގުތީގޮތުން ހިންގުން އެ ކޯޓުގެ ޤާޒީ ޢަބްދުﷲ މުޙައްމަދާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަވާލުކޮށްފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހީމް މާހިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އިއްޔެ ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އިބްރާހީމް މާހިރަކީ 2010 ޖަނަވަރީ 19 އިން ފެށިގެން ފެމެލީ ކޯޓުގެ ޤާޟީގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ފެމިލީ ކޯޓުގެ އިސް ގާޒީ ކަމަށް އިބްރާހީމް މާހިރު ޢައްޔަންކޮށްފައިވަނީ 2022 އޮކްޓޫބަރު 23 ވަނަ ދުވަހުއެވެ.
އަބްދުﷲ ގާޒީ އަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު