ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލު ހުއްޓުވަން، ދަ ހޭގް ގްރޫޕްގައި ހިމެނޭ 34 ގައުމުން އެކްޝަން ޕްލޭނެއް އެކުލަވާލައިފި

ދަ ހޭގް ގްރޫޕްގެ ބައްދަލުވުމުގެ ބައިވެރިން:

އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓުވަން، ދަ ހޭގް ގްރޫޕުން އެކްޝަން ޕްލޭނެއް އެކުލަވާލައިފިއެވެ.

ދަ ހޭގް ގްރޫޕްގައި ހިމެނޭ 34 ގައުމުން އެކްޝަން ޕްލޭނެއް މި އެކުލަވާލީ، ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ ޖަލްސާގެ އަރިމަތިން ބޭއްވި، އެ  ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މަޝްވަރާ ބައްދަލުވުމަކަށް ފަހުގައެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ދެކުނު އެފްރިކާއާއި، ކޮލަމްބިއާއިންނެވެ.

އަދި މަޝްވަރާތަކަށްފަހު އެކަށައެޅި ގުޅިފައިވާ އެކްޝަން ޕްލޭން ހުރިހާ ގައުމަކުންވަނީ އެންޑޯޒް ކޮށްފައެވެ.

މި އެކްޝަން ޕްލޭންގައި، އިސްރާއީލު ހުއްޓުވަން ގަނޫނީ ގޮތުންނާއި، ސިޔާސީގޮތުންނާއި، އިގްތިސާދީގޮތުން، ހުރިހާ ގައުމެއް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވެއެވެ.

އަދި އިސްރާއީލަށް ހަތިޔާރު އެތެރެކުރުން ހުއްޓުވުމާއި، އެ ގައުމުތަކުގެ ބަނދަރުތަކުން ހަތިޔާރު ޝިޕްމަންޓް އެތެރެވިޔަ ނުދިނުމާއި، އިސްރާއީލަށް ހަކަތައިގެ ބާވަތްތައް އެތެރެކުރުން ހުއްޓާލުންވެސް ހިމެނެއެވެ.

އެކްޝަން ޕްލޭންގައި، އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

އަދި ހަމަ އެއާއެކު، އިސްރާއީލުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއާއި، އދއަށް ގޮންޖަހަމުން ގެންދާދިއުންވެސް ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

މުޖުރިމު ނަތަންޔާހޫ އދގެ އާންމު މަޖިލީހުގައި ތަގްރީރު ކުރިއިރު، ދަ  ހޭގް ގްރޫޕްގެ މަޝްވަރާ ބައްދަލުވުން، އދގެ މައި މަރުކަޒުގައި ކުރިއަށް ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ