ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިފްރަޙްގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ

ގައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިބްރާހިމް އިފްރަހް އަރީފް (ކޮއްކޮ) ނިޔާވުމާއި ގުޅިގެން އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.

އިފްރާ ނިޔާވީ ސްޓްރޯކެއް ޖެހި އޭޑީކޭގެ އައިސީޔޫ ގައި ފަރުވާ ދެމުން ދަނިކޮށެވެ. ސްޓްރޯކްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅި ހާލު ދެރަވެ ފަހުން އޮތީ ކޯމާއެއްގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމުގެ ހިތާމައިގާ މަރްޙޫމުގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

“..މަރްޙޫމް އިބްރާހީމް އިފްރާޙް ޢަރީފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށި. އާމީން,” ރައީސްގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

އިފުރާ އަކީ ރާއްޖޭން ފުރަތަމަ ފަހަރަށް ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނުނު ކުޅުންތެރި އެކެވެ. ރާއްޖޭން ފުރަތަމަ ފަހަރަށް ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ.

އިފްރާ ވަނީ ވަރަށް ގިނަ ކުލަބުތަކަށް ކުޅެފަ އެވެ. އެއްވަނަ ޑިވިޝަންގެ އެންމެ ފާހަގަކޮށްލެވޭ ނިއުރޭޑިއަންޓާއި ވިކްޓްރީއާ ވެލެންސިއާ ޓީސީ އަށް ވެސް ވަނީ ކުޅެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްވި އަންހެންމީހާ އަނިޔާވެއްޖެ

ހާލު ދެރަވި ދިވެހި އުމްރާވެރިޔާ ނިޔާވެއްޖެ

ތަޢުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އައިންތު މިސް ނިޔާވެއްޖެ

ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ، އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ކަނޑުމަތީގައި