ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

އޮމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގައި، ތ. އޮމަދޫއަށް ވަޑައިގެން އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައި، އޮމަދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

އޮމަދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ފައިސާގެ މުޢާމަލާތްތައް ކުރުމުގައި މީގެކުރިން އެރަށުގެ ރައްޔިތުން އުފުލި ތަކުލީފަށް ނިމުން އައީއެވެ.

އޮމަދޫގައި ހުންނަވައި، ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ސަރުކާރުގެ އަމާޒާ އެއްގޮތަށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވާނެ ކަމަށެވެ. އަދި، އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ މަސައްކަތް ނިންމަވާލައްވާނެކަމަށް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

އޮމަދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލި ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ދާއިރާގެ މަޖިލިސް މެންބަރުގެ އިތުރުން އޮމަދޫ ކައުންސިލްގެ ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ މިއަދު އޮމަދޫ ކައުންސިލާއި އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ. އަދި، އެރަށުގައި ބޭއްވި ޖަލްސާގައި ވަނީ އޮމަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ މަސައްކަތް ޙަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.

ރައީސުލްޖުމްހޫރިއްޔާ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިހާރު ވަނީ ވ، މ، އަދި ފ، އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފައެވެ. ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލައްވާނީ ހުކުރު ދުވަހު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އެ ހަތަރު އަތޮޅުގައި މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 12 22 at 16.04.57

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

ތިލަފުށީގައިވެސް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަށާނީ

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އެޅުމަށް ކުޅުދުއްފުށީ ސިޓީން ބިމެއް ކުއްޔަށް ދޫކޮށްފި

އަލަށް ގެދޮރު ހަދަން ބޭނުންވާ މީހުންނަށް ހިޔާވެހި ލޯނު ސްކީމުގެ ޝަރުތުތައް ލުއިކުރަނީ

TTH_advertisement