ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަތަރު އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައިފި

Mal

ރާއްޖޭގެ ހަތަރު އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ޤާއިމުކުރެވިފައިވާ އަތޮޅު ތަކުގެ ތެރޭގައި ކ. އަތޮޅު، ފ. އަތޮޅު، ވ. އަތޮޅު އަދި ގއ. އަތޮޅު ހިމެނެއެވެ.

ފުލުހުން ބުނީ މިއީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ ކަމަށާއި މި ޚިދުމަތް ތައާރަފު ވުމާއެކު މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތުން މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރު ވެގެން ދާނެ ކަމަަށެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރެކެވެ. މިއަމާޒު ހާސިލްކުރުމަށް، މިހާތަނަށް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި ނުވާ ރަށްރަށުގައި އެޚިދުމަތް ފެށްޓެވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތަކުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ފަށަމުންނެވެ.

މިމަސައްކަތާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވަނީ މާލެ ސަރަހައްދު ނުލާ މިހާތަނަށް 4 އަތޮޅެއްގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.

”އަތޮޅުތަކަށް ބަލާއިރު، ގއ. ވ. އަދި ފ. އަދި ކ. އަތޮޅު، އެއީ ގްރޭޓަރ މާލެ އޭރިއާ ނުލާ މިދެންނެވި 4 އަތޮޅުގައި މިހާރު ވަނީ ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައި. އަޅުގަނޑުމެން ފުލުހުންގެ ޚިދުމަތް ފެއްޓުމާއެކު އަޅުގަނޑުމެން ބަލާނީ އަވަށްޓެރި ފުލުހުންގެ ނަޒަރަކުން އަވަށްޓެރި ފުލުހުންގެ މަސައްކަތާއެކު ފުޅާވެގެންދިއުން. އަދި ތަހުޤީޤުކުރުމާއި އެހުރިހާ ކަމެއްވެސް ދާނީ އެގޮތަށް” ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ 4 އަތޮޅުގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމްވެގެން ދިއުމަކީ، ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ޚިދުމަތެއް ގާތުން ފޯރުކޮށްދިނުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މި ސަރުކާރުގެ އަމާޒަކީ ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި ނެތް ހުރިހާ ރަށެއްގައި މިއަހަރުގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމެވެ. އަދި އިމާރާތްކުރަމުންދާ ޕޮލިސް ސްޓޭޝަންތައް މި ދައުރުގެ ތެރޭގައި ނިންމުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ