ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

50 އެމްބިއުލާންސް މި އަހަރުގެ ތެރޭގައި ގެންނާނެ: ރައީސް

ރަށަކަށް ބޭނުންވާ އެމްބިއުލާންސް މިއަހަރުގެ ތެރޭގައި ގެނައުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ތ. އޮމަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެރަށުގެ ރައްޔިތުންނަށް ބޭނުންވާ މުހިންމުކަންކަމުގެ މައުލޫމާތު ކައުންސިލުން ހިއްސާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރައީސް ވަނީ އެ ރަށަށް އެމްބިއުލާންސެއް ބޭނުންވާކަން ކައުންސިލުން މައުލޫމާތުދިންކަމަށް ވިދާޅުވެފައެވެ.

އެކަން ކުރުމަށް ރައީސް ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ 50 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެމްބިއުލާންސްތައް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މި އަހަރު ނިމުމުގެ ކުރިން އޮމަދޫއަށް ބޭނުންވާ އެމްބިއުލާންސް ވެސް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ ރަށުގެ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތް ވެސް ވީހާވެސް އަވަހަަކަށް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއަކީ ފެނާއި ނަރުދަމާގެ މަޝްރޫއުކަމުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އެ މަސައްކަތަށް ކަމަށެވެ. އަދި އެކަން ވަރަށް ގާތުން ބަލައި، އެކަން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، އެ ރަށުގައ ކައުންސިލުން އެދުނު ބައެއް ކަންކަމަށް ވެސް އަލިއަޅުއްވާފައެވެ. އެގޮތުން އެރަށުގެ ހުޅަނގު ފަރާތުން ނެރެއް ކަނޑައިދިނުމަށް ކައުންސިލުން އެދިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމުގެ ދިރާސާތަކެއް ހެދުމަށްފަހު އެކަން ކޮށްދެއްވާނެކަން ފާހަގަކުރައްވާފައެވެ.

އަދި އެރަށުގެ ތަރައްގީގެ އިތުރު މަޝްރޫއުތައް ކަމުގައިވާ ސިއްޚީ މަރުކަޒާއި ސްކޫލަށް އިތުރުކުރެވޭ ބައިގެ މަސައްކަތާއި، ސިއްޚީ މަރުކަޒަށް ހޯދާ އެމްބިއުލާންސްގެ އިތުރުން އެ ރަށުގެ ދަނޑުގެ ޕިޗު ބަދަލުކުރުމުގެ މަސައްކަތް ވެސް ބަޖެޓުގެ ތެރެއިން ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ

raees muiz

މައިންނަށް ޚާއްޞަ ހުސް ވަގުތުތަކެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި

Muizzzz 1536x995

ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ނުފޫޒު ކުޑަވާނެ: ރައީސް

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް