ކުއްލި ޚަބަރު

ވޭޕްގެ ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު 959 ނެނޯސްޓިކާއެކު ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ވޯޓެއް ނަގަން ރައީސް ނިންމަވައިފި

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަދުވަސްވީ މުދާ ނެގުމަށް އެދިއްޖެ

ރާއްޖެ ޓްރާންސްޕޯޓް ލިންކު އާރުޓީއެލް ފެރީގެ ޚިދުމަތް ތ. އަތޮޅުގައި ފަށައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކު، އާރުޓީއެލް ފެރީގެ ޚިދުމަތް ތ. އަތޮޅުގައި ފަށައިފިއެވެ.

ކޮލޫމަޑުލުގައި އާރުޓީއެލްގެ ޚިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އާރުޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. ތ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާފައިވާއިރު، އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި މި ޙިދުމަތް ފޯރުކޮށްދޭނެއެވެ. މިއާއެކު ރާއްޖޭގެ 12 އަތޮޅެއްގެ 94 ރަށް އާރްޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވުނީއެވެ.

މިހާރު އާއުޓީއެލްގެ ޚިދުމަތް ފަށާފައިވާ ތ. އަތޮޅު ހިމެނެނީ ޒޯން 4ގައެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް، ޖައިކާއިން ދަނީ ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމަށް ބޭސްލައިން ސަރވޭއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. ތ. އަތޮޅުގެ އިތުރުން ޒޯން 4ގައި ޚިދުމަތް ހިމެނޭ އަތޮޅުތަކަކީ މ، ފ، ދ އަދި ލ. އަތޮޅެވެ.

އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ ގުޅިގެންނެވެ. މި ޚިދުމަތް ދެނީ އެމްޓީސީސީ މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

98

ފ. އަތޮޅާއި ދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

ރޯދައިގެ ތެރޭ ޖުމްހޫރީ މައިދާނާއި ހެންވޭރު ޓާމިނަލާ ދެމެދުގެ މަގު ހަދަން ފަށާނެ: ސައުދީ 

ބޮޑުތަކުރުފާނު މަގު: ތާރުޅައި ފުޅާކޮށް ދެކޮޅަށް ދުއްވޭގޮތަށް ހުޅުވާލައިފި

Screenshot 2026 02 16

ބޮޑުތަކުރުފާނުމަގު ގަސް އިންދުމުގެ ހަރަކާތެއް

TTH_advertisement