ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިރިލަންދޫ މަގުހެދުމުގެ މަސައްކަތް ފަށައިފި

Mal

ތ.ހިރިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން  މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މިމަސައްކަތުގެ އަގަކީ ޑިޒައިން އެންޑް ބިލްޑްއުސޫލުން ރަށުގެމައިމަގުތައް ހެދުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

މަސައްކަތުގެ އަގަކީ 70,506,326.88  ރުފިޔާއެވެ. މަސައްކަތުގެ މުއްދަތަކީ 730 ދުވަހެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގެ މަގު ހެދުމުގެ މަސައްކަތް އާރްޑީސީން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ހިރިލަންދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅައިފި