ކުއްލި ޚަބަރު

އައްޑޫ ހައި ސްކޫލްގެ ދަރިވަރު ވެސް ސަސްޕެންޑުކޮށްފި

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ

ޖަލުތަކުން ކުރާ ކޯލްތައް ރިޕޯޓްކުރާ ޕޯޓަލެއް ތައާރަފްކޮށްފި

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ ބޯޓުތަކަށް އިސްރާއީލުން އެކި ގޮތްގޮތުން ހަމަލާދީ، ހުރަސްއަޅަން ފަށައިފި

G1kw7npw0aazzt
“ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ ބޯޓަކަށް ބޮމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން އަލިފާން ރޯވެފައި:

ޣައްޒާއާ އެތައް ސަތޭކަ މޭލު ދުރުގައި ބައިނަލްއަގްވާމީ  ކަނޑުގެ ސަރަހައްދުގައި ވަނިކޮށް، އިސްތިއުމާރީ އިސްރާއީލުން “ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ ބޯޓުތަކަށް ހަމަލާދޭން ފަށައިފިއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާފިލާއަށް ހުރަސްއަޅަން އިސްރާއީލުން އެތައް ކަމެއް ކުރަން ފަށައިފި ކަމަށެވެ.

އެގޮތުން، ގާފިލާގައި ހިމެނޭ ބޯޓުތަކުގެ ތެރެއިން 10 ބޯޓެއްގައި ބާރަވަރަކަށް ގޮވުންތައް ގޮވާފައިވާ ކަމަށެވެ. ޑްރޯން ބޭނުންކޮށްގެން ބޯޓުތަކަށް ގެންދަނީ ބޮން ވައްޓަމުންނެވެ.

އަދި ބައެއް ބޯޓުތަކަށް ކެމިކަލް އަޅާފައިވާ ކަމަށްވެސް ބުނެއެވެ.

މީގެއިތުރުން، ގާފިލާ ވަށައިގެން ޑްރޯންތައް އުދުއްސައި ބިރުދައްކައި، މުއާސަލާތީ ގުޅުންތަކުގެ ސިގްނަލްވެސް ޖޭމްކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

ބޯޓުތަކަށް ޑްރޯން ހަމަލާދޭ މަންޒަރުތައް ފެންނަ ވީޑިއޯތައް އެ ގާފިލާއިން އާންމުކޮށްފައި ވެއެވެ.

އަދި ގާފިލާގައި ދަތުރުކުރާ އެކިއެކި އެކްޓިވިސްޓުން އެމީހުންގެ ޝުއޫރުތައްވެސް ސޯޝަލް މީޑިއާއަށް ހާމަކުރަމުން ގެންދެއެވެ. އެމީހުން ބުނަނީ ބިރުދެއްކިޔަސް، ހަމަލާދިނަސް އެނބުރި ދިއުމެއް ނެތް ކަމަށެވެ.

ޣައްޒާގެ ނަސްލުނައްތާލަމުންދާ ޒަޔަނިސްޓުން “ގްލޯބަލް ސުމުދް ފްލޮޓިލާ” އަށް އެކި ގޮތްގޮތުން ހަމަލާތައްދީ، ފުރައްސާރަ ކުރުންތައް އިތުރުވެގެން މިދިޔައީ، ތަފާތު ތުހުމަތުތައް އަޅުވައި، އެ ގާފިލާއަށް ނުރައްކާތެރި އެތަކެއް އިންޒާރުތައް ދިނުމަށް ފަހުގައެވެ.

ޓެރަރިސްޓު އަސްކަރިއްޔާއިން ގާފިލާ ސިފަކޮށްފައިވަނީ “ހަމާސް ފްލޮޓިލާ” ގެ ގޮތުގައެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގާފިލާގެ ދަތުރާ މީހުންގެ ތެރޭގައި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، ޑޮކްޓަރުންނާއި، އާޓިސްޓުންނާއި، ގާނޫނީ އެތައް ވަކީލުންވެސް ހިމެނެއެވެ.

އެމީހުންގެ އަތުގައި “ހަތިޔާރުގެގޮތުގައި” ހުރީ ކާބޯތަކެއްޗާއި، ބޭހާއި، އިންސާނީ އެހީގެ އެނޫންވެސް ސާމާނެވެ.

އެހެންކަމުން، ސުލްހަވެރި ދަތުރެއްގައި އަންނަ އެ ގާފިލާއަށް ހަމަލާ ދިނުމަކީ އިންސާނިއްޔަތަށް ދޭ ހަމަލާއެއް ކަމަށް، އެކްޓިވިސްޓުން ބުނަމުން ގެންދެއެވެ.

ބައިވެރިން ގެންދަނީ، އެމީހުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދުނިޔެއަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްބަސްވުމާ ޚިލާފްވެ ޣައްޒާއިން މިހާތަނަށް 383 މީހުން ޝަހީދު، ތޫފާނުން ސަލާމަތްވާންވެސް ފުރުސަތު ނުދޭ

ސްޕެއިންގެ ބޮޑުވަޒީރު ޕޯސްޓްކުރެއްވި މި ފޮޓޯއިން އިސްރާއީލުގެ ހިތަށް ވަރަށް ތަދުވެއްޖެ

ޣައްޒާއަށް އިތުރު ތޫފާނެއް އަރާނޭކަމުގެ އިންޒާރު: ރައްކާތެރި ވެވޭނެ ގޮތެއްނެތް، ބޮޑުބައެއް މިހާރުވެސް ފެނުއަޑީގައި

އދގެ ކޮމްޕައުންޑެއް ރެއިޑްކޮށް، އދގެ ދިދަ ތިރިކޮށް އިސްރާއީލުގެ ދިދަނެގި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފި

TTH_advertisement