ކުއްލި ޚަބަރު

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

ވިލިފުށީގައ ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފަށައިފި

Large thumb 1758689728221

ވިލިފުށިން ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ދޭން ފެށުމާއެކު، އެ ރަށުގައި ސަރުކާރުން ހިންގަން ނިންމާފައިވާ މުހިއްމު ދެ މަޝްރޫއެއް ހިންގުމަށް ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ތ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރޭ ތ.ވިލިފުއްޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް އިފުތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މިހާރު ހުރިހާ އަތޮޅަކުން އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ލިބޭނެއެވެ. އަދި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް އަތޮޅުތަކުން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ވަރަށް ހަލުއި ދުވެލީގައި ކުރަމުންނެވެ.

ޕާސްޕޯޓު ހިދުމަތް ފޯރުކޮށްދޭން ފެށުމުގެ އިތުރަށް ރޭ އޮތް ރަސްމިއްޔާތުގައި މުހިއްމު ދެ މަޝްރޫއެއް ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އެގޮތުން ވިލިފުށީގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރެވުނެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި އާރްޑީސީއާ ހަަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗަރ ޑރ.އަބްދުﷲ މުއްތަލިބެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.

ރޭގެ ޖަލްސާގައި ދެން ސޮއިކުރި އެއްބަސްވުމަކީ ވިލިފުށީ ފުޓުބޯޅަ ދަނޑުގެ ރޮސްޓްރަމް އަދި ލައިޓް ހަރުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެވެ. އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ ކުންފުނީގެ ފަރާތުން ކުންފުނީގެ އެމްޑީ އަހްމަދު ސައުދީ ސޮއިކުރެއްވި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުއްރައްޒާގް އިބްރާހީމެވެ.

މި އެއްބަސްވުންތަކުގެ އިތުރުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވިލިފުށީ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް، އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފެށިއެވެ. ވިލިފުށީ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރީ ގިނަވެގެން 30 މަަސްދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.

ރޭ ރަސްމިއްޔާތުގައި ވިލިފުށީ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެ ރަށުގައި ކުރިއަށްގެންދަން ހަވާލުކުރެވުނު ހުރިހާ ތަރައްގީގެ މަޝްރޫއުތަކާއި، އަމަލީ ގޮތުން މަސައްކަތް ފެށިގެންދާ ހުރިހާ މަޝްރޫއެއް ހަލުއިކޮށް ކުރިއަށްގެންދަވައި ނިންމަވައިދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

ރައީސް އދ.ގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

TTH_advertisement