ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބުުރުނީގެ އޭޓީއެމް ހިދުމަތް ފައްޓަވައިފި

ތ.ބުރުނީގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކުރި އޭޓީއެމްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައި، އެ ރަށުގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ބުރުނީގެ އޭޓީއެމްއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް ބީއެމްއެލްއާއި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ގާއިމުކުރި އޭޓީއެމްއެކެވެ.
ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު ބުރުންޏަށް ވަޑައިގެން އެ ރަށުގައި އޭޓީއެމްގެ އިފުތިތާހުކުރައްވައި، އޭޓީއެމްއިން ފައިސާ ނަންގަވާފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ދެ އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވިއެވެ. އެގޮތުން ވ.އަތޮޅާއި ފ.އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށް ނިމި 13 އަތޮޅެއްގެ ހުރިހާ ރަށަކުން މިހާރު އޭޓީއެމް ހިދުމަތް ލިބޭނެއެވ

އޭޓީއެމް ހިދުމަތްް ފައްޓަވައިދެއްވުމުގެ އިތުރަށް ތ.ބުރުނީގައި ސަރުކާރުން ގާއިމުކުރާ ފިޓަނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރ މޫސާ ޒަމީރެވެ.

އަތޮޅު ތެރެއަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގެ ތެރެއިން އެކި ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ރައީސް ގެންދަވަނީ ފައްޓަވައިދެއްވަމުންނެވެ. އޭގެ ތެރޭގައި ފުލުސް ސްްޓޭޝަންތަކާއި އެފްއާރްސީއާއި މަގުހެދުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bml

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 އަށް ތާވަލުކޮށްފި

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

Shareef mbl

ބީއެމްއެލްގެ ނަތީޖާ ދޭހަވަނީ ރާއްޖޭގެ އިގުތިސާދު ރަނގަޅުކަން: ޝަރީފް

B 202510291210131761721813.7746

ބީއެމްއެލްގެ ސުވައިޕް އައްޑޫއަށް ތައާރަފުކޮށްފި