ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީދާ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ދަތިކުރަން އެމެރިކާއިން ތައްޔާރުވަނީ

އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު:

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް ތަހްގީގު ކުރާތީ، ސީދާ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާއިން ތައްޔާރުވާން ފަށައިފިއެވެ.

އައިސީސީއާ ދެކޮޅަށް އެމެރިކާއިން މި ހަފްތާގައި ފިޔަވަޅުތައް އަޅާނެ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ ޖަރީމާތައް ތަހްގީގު ކުރާތީއާއި، މުޖުރިމު ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން އަމުރު ނެރުމުން، އެމެރިކާއިން މީގެކުރިން ވަނީ އައިސީސީގެ ވަކިވަކި ފަނޑިޔާރުންނާއި، މުވައްޒަފުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

އެކަމަކު، އެމެރިކާއިން މިހާރު މަސައްކަތް ކުރަމުންދަނީ ސީދާ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ.

އެމެރިކާއިން މިފަދައިން ކަންތައް ކޮށްފިނަމަ، ކޯޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް  ވަރަށް ބޮޑަށް ބުރޫއަރައިގެންދާނޭ ކަމުގެ ކަންބޮޑުވުންތައް އުފެދިފައި ވެއެވެ.

އެމެރިކާއިން އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކޮށްފާނެ އަސަރުތަކާ ގުޅޭގޮތުން އައިސީސީން އިމަޖެންސީ ބައްދަލުވުމެއްވެސް މިހާރު ބާއްވާފައި ވެއެވެ.

އަދި މިކަމާ ގުޅޭގޮތުން، ކޯޓުގެ މެމްބަރު ގައުމުތަކުގެ ޑިޕްލޮމޭޓުންގެ މެދުގައި މިހާރު މަޝްވަރާތައް ފެށިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދަނީ ނަސްލުނައްތާލުމުގެ އުދުވާނުތަކެއް ކަމަށް، އދގެ މިނިވަން ކޮމިޝަނަކުން ހިންގި ތަހްގީގަކަށްފަހު ހާމަކޮށްފައި ވާއިރުވެސް، އެމެރިކާއިން އެކަން ގަބޫލެއް ނުކުރެއެވެ.

ޣައްޒާއިން އެތައްހާސް ބަޔަކު ޝަހީދުކޮށް، އެތައްހާސް ބަޔަކު ޒަޚަމްކޮށް، މިލިއަނަކަށްވުރެ ގިނަ މީހުން، އެމީހުންގެ ގެދޮރުން ގަދަކަމުން ނެރެ ފައްސަމުންދާއިރުވެސް، އެމެރިކާއިން ގެންދަނީ އިސްރާއީލު ދިފާއުކޮށް، ހަމަލާތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް އިސްރާއީލަށް ބޮމާއި، މިސައިލާއި އެނޫންވެސް ހަތިޔާރު ފޯރުކޮށްދެމުންނެވެ.

އިސްރާއީލާ ދެކޮޅަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް މީގެކުރިން ހުށަހެޅުނު ބައެއް މައްސަލަތައް ތަހްގީގު ކުރުމަށްފަހު ހުކުމްކޮށްފައި ވާއިރު، މިހާރުވެސް އެތައް މައްސަލައެއް ގެންދަނީ ތަހްގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

ދުބާއީ އެއާޕޯޓުގެ ޚިދުމަތްތައް އަލުން ފަށައިފި