ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމް.ޕީ.އެލްގެ ކޯޕަރޭޓް މެގަޒިން ” އުޅަނދު ޖާރނަލް ” ލޯންޗުކޮށްފި

މެރިޓައިމް ދާއިރާއަށް ޚާއްސަކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ޝާއިއުކުރާ ކޯޕަރޭޓް މަޖައްލާ ކަމަށްވާ “އުޅަނދު ޖާރނަލް”ގެ ފުރަތަމަ އަދަދު ހުކުރު ދުވަހުގެ ރޭ ވަނީ ލޯންޗްކޮށްފައެވެ.

މި މަޖައްލާ ލޯންޗްކުރީ އެމް.ޕީ.އެލްގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެންވޭރު ދަނޑުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެެވެ. މި މަޖައްލާ ލޯންޗްކޮށްދެއްވީ އެމް.ޕީ.އެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ކަމާލުއްދީނެވެ.

މި މަޖައްލާގައި ލިޔުންތެރިންގެ ގޮތުގައި އެމް.ޕީ.އެލްގެ މުވައްޒަފުންގެ އިތުރުން، މެރިޓައިމް ދާއިރާގެ ތަޖުރިބާކާރުންނާއި މި ދާއިރާއާ ގުޅުންހުރި ސަރުކާރުގެ އެކި މުޢައްސާތަކަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ އާޓިކަލްތައް ވަނީ ޝާޢިއުކޮށްފައެވެ.
އެގޮތުން މޯލްޑިވްސް ސްޓޭޓް ސިޕިންގ ކޮމްޕެނީ (އެމް.އެސް.އެސް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ކެޕްޓަން އަޙްމަދު ޒުބެއިރާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ހެޑް އޮފް ސްޓްރެޓީޖިކް މެނޭޖްމަންޓް ސުޕަރއިންޓެންޑަންޓް، ފާތިމަތު ޝިފްޒާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީސްގެ ހެޑް، ކެޕްޓަން މުޙައްމަދު ޒައިދު އާއި މޯލްޑިިވްސް ޕޮލިސް ސަރވިސްގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، ހުސެއިން ފިރާޒް އަދި ކޯސްޓް ގާޑްގެ ޓްރެއިނިންގ އެންޑް ރިސާރޗް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ، ލެފްޓިނެންޓް ކާނަލް އަޚްމަދު ސިޔާމްގެ ލިޔުންތައް ވަނީ މި ފަހަރުގެ “އުޅަނދު ޖާރނަލް”ގައި ޝާޢިއުކޮށްފައެވެ.

“އުޅަނދު ޖަރނަލް”ގެ ފުރަތަމަ އެޑިޝަންގައި ޝާއިޢުކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި މެރިޓައިމްގެ ދާއިރާގައި ފާހަގަކޮށްލެވޭ އިސް ފަރާތްތަކާއި ގުޅޭ ފީޗަރއަކާއި، އެމް.ޕީ.އެލްގެ ތާރީހާއި ތަރައްގީ، ސީ-ޓު-އެއަރ ޓްރާންސިޕްމަންޓް ކާގޯގެ ޚިދުމަތް، ރާއްޖޭގެ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާއަށް ލިބެމުންދާ ކުރިއެރުންތައް، ތިލަފުށި ޕޯޓްް މަޝްރޫޢު، ޕޯޓް އޮޕަރޭޝަންސް، ޓެކްނޮލޮޖީ އަދި މެރިޓައިމް ދާއިރާގައި ހުރި ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ ރިޕޯޓްތައް ހިމެނެއެވެ.

އެމް.ޕީ.އެލްގެ “އުޅަނދު މަޖައްލާ” ވިދާޅުވުމަށް ޝައުގުވެރިވާ ބޭފުޅުންނަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ވެބްސައިޓް Ulhandhu Journal Maldives Ports Limited އަށް ޒިޔާރަތްކުރެއްވުމަށް އެކުންފުނިން އެދެެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް ޒިޔަތު ހަމަޖައްސަވައިފި

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީކުރަން ޙަވާލުކޮށްފި

mpl north harbour

ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރާކަށް ނޫޅޭ: އެމްޕީއެލް