ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ ހަނގުރާމަ ނުހުއްޓުވައި، ފަލަސްތީނު ދައުލަތް ބަލައިގަތުމަކީ ބޭކާރުކަމެއް: ފިލިޕް ލަޒަރިނީ

ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ ޚާއްސަ އޭޖެންސީ އަންރުވާގެ ވެރިޔާ ފިލިޕް ލަޒަރިނީ:

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ނުހުއްޓުވައި، ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ބޭކާރު  ކަމެއް ކަމަށް، ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ ޚާއްސަ އޭޖެންސީ އަންރުވާގެ ވެރިޔާ ފިލިޕް ލަޒަރިނީ ވިދާޅުވެއްޖެއެވެ.

ފަލަސްތީނު މިނިވަން ދައުލަތާ ގުޅޭގޮތުން އދގައި މިރޭ ބާއްވާ ޚާއްސަ އިވެންޓުގެކުރިން މީޑިއާއަށް ދެއްވި އިންޓަރވިއުއެއްފައި ފިލިޕް ލަޒަރިނީ ވިދާޅުވީ، ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމަކީ މަރްހަބާކިޔާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، ހަނގުރާމަ ނުހުއްޓުވެންޏާ، ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ހމާބޮޑު މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ.

ފަލަސްތީނު ދައުލަތް ބަލައިގަތުމަށްފަހު، ސަރަހައްދަށް ސުލްހަ ގެނައުމުގެ މަރްހަލާއަކަށްވެސް  ވައުދުވާންޖެހޭ ކަމަށެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތުގެ މައްސަލާގައި ބާއްވާ އދގެ ޚާއްސަ އިވެންޓް މިރޭގެ ވަގުތެއްގައި ބާއްވާއިރު، މި އިވެންޓުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތް ބަލައިގަތްކަން އިތުރު ގައުމުތަކުގެ ރަސްމީކޮށް އިއުލާން ކުރާނެއެވެ. އޭގެ ތެރޭގައި، ފަރަންސޭސިވިލާތް، އެންޑޯރާ، ބެލްޖިއަމް، ލަގްޒަމްބާރގް، މޯލްޓާ އަދި ސަން މަރީނޯ ހިމެނެއެވެ.

އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އަދި ޕޯޗްގަލްއިން މިހާރުވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަނެ، ރަސްމީކޮށް އެކަން އިއުލާން ކޮށްފައެވެ.

އެކަމަކު، ދުނިޔޭގެ ގިނަ ބަޔަކު ސުވާލު ކުރަމުންދަނީ، ފަލަސްތީނު ދައުލަތް ބަލައިގަތުމުން ނިމުނީތޯއާ މެދުގައެވެ. އިސްރާއީލު ހުއްޓުވަން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް އާންމުން ގެންދަނީ ސަރުކާރުތަކަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި

އައިއާރްޖީސީގެ މެމްބަރުން އިސްރާއީލު ތެރޭގައި އުޅޭކަމުގެ އަޑުތަކެއް: ޒަޔަނިސްޓު ދައުލަތުގެ ފަހަރަކު ވެރިޔަކު މަރަމުންދާ ކަމަށް ބުނޭ

މަނަވަރުތައް ފޮނުވައިދޭން އެއްވެސް ގައުމަކުން އެއްބަސްނުވުމުން ޓްރަމްޕް ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެ